ފިރިމީހާއަށް ކާންހަދާދީފަ ބަލަން ހުންނަންވީއެއް ނޫން- ﷲ ގެ ބަރަކާތަށް އެދޭނަމަ އެކުގައި ކާންވީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ފިރިމީހާއަށް ކާންހަދާދީފަ ބަލަން ހުންނަންވީއެއް ނޫން- ﷲ ގެ ބަރަކާތަށް އެދޭނަމަ އެކުގައި ކާންވީ
ފިރިމީހާއަށް ކާން ހަދައިދީފައި ކައިރީގައި ބަލަން ހުރުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. މާތް ﷲ ގެ ބަރަކާތަށް އެދޭނަމަ ކާންވީ ދެމަފިރިން އެކުގައެވެ. އެހެނީ ދެމަފިރިން ލޯބިން އެކުގައި ކުރާ ކަންކަމަށް މާތް ﷲ ބަރަކާތް އިތުރުކުރައްވަވައެވެ.

މީގެ އިތުރުން ދެމަފިރިން އެކުގައި ކެއުމަކީ ދެމަފިރިންގެ ލޯބި އިތުރަށް ބަދަހިވާ ކަމެކެވެ. އެހެންކަމުން ކިރިޔާވެސް ވަގުތު ލިބޭނަމަ ކެއުން ރަނގަޅީ ދެމަފިރިން އެކުގައެވެ. ދެމަފިރިންނަށް އެކުގައި ކެވޭ ގޮތަށް ކެއުމުގެ ވަގުތުތައް އިންތިޒާމުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކުރީ ޒަމާނުގައި ތަށިމަތި ބަލަހައްޓަން އަނބިމީހާއަށް ހުންނަން ޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. އެއްޗެއް ބޭނުންވެއްޖެނަމަ ދުރުގައި ހުންނަ ބަދިގެއަކުން ތަކެތި ގެންނަން ޖެހޭތީއެވެ. ނަމަވެސް މިހާރު ޙާލަތު މިވަނީ ބަދަލުވެފައެވެ. ހުރިހާ ތަކެއްޗެއް ހުންނަނީ ހަމަ ދާދިގާތުގައެވެ.

ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއިއެކު އަތްފޯރާ ފަށުގައެވެ.
މިއަދު އޮންލައިން