ޙަރާމް ހަލާލް ނުބަލައި އަތުޖެހުނުހާ އެއްޗެއް ކެއުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޙަރާމް ހަލާލް ނުބަލައި އަތުޖެހުނުހާ އެއްޗެއް ކެއުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް: މުފްތީ މެންކް
ތިމާ ކައި ބޮއި މިއުޅެނީ ކޮން ގޮތަކުން ލިބުނު ތަކެތި ކަމާއި އަދި އެއީ ޙަރާމްތަކެތި ކަމާއިމެދު ވިސްނާނުލައި ތިމާއަށް ލިބުނުހައި އެއްޗެއް ކައި ބޮއި ހަދާނެ ޒަމާނެއް އަންނާނެކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވާފައެވެ. އެކަންކަން މިއަދު އަހަރެމެންގެ ތެރެއިން ނުފެނޭ ހެއްޔެވެ؟

މީހުން ޖާހިލުވެ ހަރާމް ޙަލާލް ވަކިކުރަން ނުއެނގޭ ދުވަސްތައް ކުރިމަތިވާނެ އެވެ. އެދުވަސްވަރުގައި ޙަރާމް ކަންކަމަކީ ކޮބައިކަން ނުއެނގިތިބެ ޙަރާމް ގޮތުގައި މުދަލާއި ފައިސާ ހޯދާނެ އެވެ. އަދި ނުއެނގިތިބެ ހަރާމްތަކެތިވެސް ކައިބޮއި އުޅޭނެއެވެ. މިކަންކަމަކީވެސް ޤިޔާމަތް ކައިރިވެއްޖެ ކަމުގެ އަލާމާތްތަކެވެ.

"ހަރާމް އާއި ޙަލާލް އޮޅުވައި ނުލާށެވެ. އެހެނީ ހަރާމް އާއި ހަލާލް މާތް ﷲ ވަނީ ކަނޑައަޅުއްވަވައިފައެވެ. ޙަރާމް އާއި ޙަލާލް އޮޅުވައިލުމަކީ މާތް ﷲ ގެ ބަސްފުޅު އޮޅުވައިލުމެވެ. އެއީ މާތް ﷲ އަށް ކަނޑައެޅިގެން ހެދޭ ބޮޑު ދޮގެކެވެ. އެއީ ހާދަހާ ބޮޑުވެގެންވާ ފާފައެކެވެ."

ހަރާމް އާއި ހަލާލުގެ މެދުގައި ޚިޔާލު ތަފާތުވެ މީސްތަކުންނަށް އޮޅުން އަރާ ހިސާބަށް ކަންކަން ދާނެ އެވެ. އެފަދަ ހާލަތުގައި ކަންކަން ޔަޤީން މިންވަރަށް އެނގޭ މީހުން އަމަލުކުރަންޖެހޭނީ މީހަކު ބުނާ ގޮތަކަށް ނޫނެވެ. އެމީހަކަށް ޔަޤީންކުރެވޭ ގޮތަށް ކަމަށެވެ. ހަމައެފަދައިން ކަންކަން ޔަޤީން ނުކުރެވޭ މީހުންނަށް އޮތީ ޝައްކުވާ ކަންކަމާއި ދުރުހެލިވެ ދޫކޮށްލުމެވެ. އިތުރު މާތް ނަބިއްޔާ އަންގަވާފައިވަނީ މިގޮތަށް އަމަލުކުރުމަށެވެ.

ދައްކާ ވާހަކައިގަ ތިމާ ބެދިތާށިވުމަކީ ޖާހިލުކަމުގެ އިންތިހާ އެވެ. އަދި އެއީ ވެސް ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެކެވެ.

ޖާހިލުކަން ބޮޑުވުމުން އެމީހުންނަކީ މާތް ބައަކަށް ހެދުމަށާއި އެމީހުން ދައްކާ ވާހަކައަކީ ތެދުކަން މީސްތަކުންނަށް ދެއްކުމަށް ދައްކާ ވާހަކަތަކުގައި އެމީހުން ބެދި ތާށިވާނެ އެވެ. އެހާލަތުގައި އެފަދަ މީހުން ދައްކާ ވާހަކަ މީސްތަކުން ބަލައި ނުގަންނާނެ އެވެ. އެ ހަދަނީ ކަނޑައެޅިގެން ދޮގުކަން މީސްތަކުންނަށް އެނގޭނެ އެވެ.

ތިމާއަކީ މަހްދީގެފާނު ކަމަށް އެތައް ބައަކު މިހާރުވެސް ދައުވާކޮށްފި އެވެ. އެފަދަ ދައުވާތައް ކުރާމީހުން ދަނީ ފަޟީޙަތްވަމުންނެވެ.

އެއްފަހަރު ގެފުޅު އަރިއަހުގައި ހުރެ މީހަކު އޭނާއަކީ މަހްދީގެފާނު ކަމަށް ދައުވާކުރި އެވެ. އަދި އެމީހާ އާއި ސުވާލުކުރުމުން އަނގުނީ އެމިހާއަކީ ކީރިތި ޤްރްއާން ކިޔަވަންވެސް ނުދަންނަ އަދި އަރަބި ބަސްވެސް ނުދަންނަ މީހެއް ކަމެވެ.

"ބައެއްފަހަރު ވާގޮތަކީ ޖާހިލުކަން ވަރަށްވުރެ ބޮޑުވުމުން އެމީހާއަށް ގަބޫލުކުރެވެނީ އެމީހާއަށް ޚާއްޞަ ބާރުތަކެއް ލިބިފައިވާ ކަމަށް. ދެން ބަލަނީ މީސްތަކުންނަށް ކަންތައްތަކެއް އޮޅުވައިލެވޭތޯ. މީސްތަކުން ވާވައްދައިގެން ތިމާގެ ޤަދަރު އުފުލައިލެވިދާނެ ކަމަށް. އެކަމުން މޮޅުކަމެއް ލިބިދާނެކަމަށް ޤަބޫލުކުރެވެނީ."

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން