ގިނަ މީހުން ތިބާ އާއިމެދު ދޮގު ހަދާނަމަ އެއީ ތިބާއަށް ހުރި ނިއުމަތެއް - ކަންބޮޑު ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ގިނަ މީހުން ތިބާ އާއިމެދު ދޮގު ހަދާނަމަ އެއީ ތިބާއަށް ހުރި ނިއުމަތެއް - ކަންބޮޑު ނުވޭ!
ކިތަންމެ ގިނަ ބައަކު ތިބާ އާއިމެދު ދޮގު ވާހަކަތައް ދެއްކި ނަމަވެސް ކަންބޮޑު ނުވާށެވެ. ރުޅިގަދަވެ ރައްދު ނުދޭށެވެ. ކެތްތެރިވާށެވެ.

ރައްދު ދިނުމުން ތިބާ އެ ވެއްޓެނީ އެމީހުންނާއި އެއްދަރަޖައަކަށެވެ. ރައްދު ދިން ނަމަވެސް ރިވެތި ބަހުރުވައިން ބަސްބުނާށެވެ. ކޮންމެހެން ދޭންޖެހޭ މުހިންމު ރައްދެއް ނޫނީ ނުދޭށެވެ.

މުސްލިމުން އަބަދުވެސް ވިސްނަންވީ ޢާޚިރަތް ދުވަހަށެވެ. އެދުވަހަކީ އެންމެންވެސް ސަވާބު މަދުވެގެން އުޅޭނެ ދުވަހެވެ. ތިބާ އާއިމެދު ބައަކު ދޮގުވާހަކަ ފަތުރާނަމަ އެކަމަށް ޤިޔާމަތް ދުވަހުން ފުރިހަމަ ބަދަލު ތިބާއަށް ލިބޭނެއެވެ. އެއީ މާފައިދާހުރި ބަދަލެކެވެ.

މީހުންނަށް ފުރައްސާރަކުރުމާއި މީހުންނާއިމެދު ދޮގު ތުހުމަތުތައް ކުރުމާއި މީހުންގެ ބޮލުގައި ކަންކަން އެޅުވުމަކީ އެކަންކަމަށް ފުރިހަމަ ބަދަލު ޤިޔާމަތް ދުވަހުން ދޭންޖެހޭނެ ކަންކަމެވެ. އެހެންވީމާ އަނިޔާ ލިބުނު މީހާއަށް ޤިޔާމަތް ދުވަހުން ލިބޭނީ ވަރަށް ބޮޑު ފައިދާއެކެވެ.

މުސްލިމުން ވިސްނަންވީ މިދުނިޔެއަކަށް ނޫނެވެ. ޢާޚިރަތް ދުވަހަށެވެ. އެދުވަހުން ވީހައި ގިނަ ސަވާބު ލިބޭނެ ގޮތްތަކަށެވެ.

- ލަވް އިސްލާމްދެ ދަރުސަކުން -
މިއަދު އޮންލައިން