ބޭނޫންވަނީ ހަމަ އެންމެ ކަމެކެވެ. އިޚްލާޞްތެރި ހިތަކާއިގެން ކީރިތި ޤްރްއާން ކިޔަވައި މާނަ ހިތަށް ގެނައުމެވެ.
ކީރިތި ޤްރްއާން ކިޔަވައި މާނައަށް ވިސްނާ މީހުން، އެކަން ކުރުން ހުއްޓާލާކަށް ބޭނުމެއް ނުވާނެއެވެ. ކިޔަން ފަށައިފިނަމަ ުމުޞްޙަފް ލައްޕާލަން ބޭނުމެއް ނުވާނެއެވެ. އަދި ބުނަންހެއްޔެވެ! ކިޔަވަމުންދާއިރު ހީވާނީ އެހެން ދުނިޔެއެއްގައި އުޅެވޭހެންނެވެ.
މިކަން މިގޮތަށް ތަޖުރިބާކޮށްގެން ތިބި މީހުންވަނީ އެމީހުންގެ ތަޖުރިބާތައް ކިޔައިދީފައެވެ. އެފަދަ ތަޖުރިބާތައް މިހާރު ކުރަމުން ގެންދާ މީހުންވެސް އެގެންދަނީ އެމީހުންގެ ތަޖުރިބާތައް ކިޔައިދެމުންނެވެ. އަޅުގަނޑުމެންނަށް އޮތީ އެކަންކަމަށް ވިސްނައި އަމަލުކުރަން މަސައްކަތްކުރުމެވެ.
އިޚްލާޞްތެރިކަމާއިއެކު ކީރިތި ޤްރްއާން ކިޔެވުމަކީ އެކަމަށް ދެވި ހިފާ ކަމެކެވެ. އެއީ އެންމެ ރަނގަޅު ދެވިހިފުމެވެ. އެހެނީ ކީރިތި ޤްރްއާން ކިޔެވުން ގިނަކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލުތަކުގައި ބުނެވިދާނެއެވެ.