"ބޯއިފްރެންޑް ގާލްފްރެންޑް" ގެންގުޅުމަކީ ހުޅަނގުގެ ކަމެއް ކަމަށް ބުނި އެމްޕީ މޮޔައަކަށް ހަދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
"ބޯއިފްރެންޑް ގާލްފްރެންޑް" ގެންގުޅުމަކީ ހުޅަނގުގެ ކަމެއް ކަމަށް ބުނި އެމްޕީ މޮޔައަކަށް ހަދައިފި
"ބޯއިފްރެންޑް ގާލްފްރެންޑް" ގެންގުޅުމަކީ ހުޅަނގުގެ ކަމެއ ކަމަށާއި އެއީ އޭސިއާގެ ޘަޤާފަތެއް ނޫންކަމަށް ބީޖޭޕީ އެމްޕީ ޕަނަލާލް ބުނެފިއެވެ.

ޕަނަލާލް މިމޭރުމުން ބުނީ ކައިވެނީގައި އުފަލުގައި ކޮލެޖެއްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެނާ ބުނީ "ބޯއިފްރެންޑް، ގާލްފްރެންޑް" ކުޅިގަނޑު އިންޑިއާއަށްވެސް އަތުވެއްޖެކަމަށާއި އެކަމުގެ ސަބަބުން ބައެއް ޒުވާނުންނަށް މަރާއިވެސް ކުރިމަތިލާންޖެހެމުން އަންނަ ކަމަށެވެ. "ކަން ހުރީ މިހެންކަން އެންމެންނަށް ވެސް އެބަ އެގޭ. ދެން ކީއްކުރަން ބޯއިފްރެންޑް، ގާލްފްރެންޑް ގެންގުޅެންވީ."

ޕަނަލާލްގެ ވާހަކަތަކާއި ގުޅިގެން ހަފްލާގައި ބައިވެރިވި ޒުވާނުން ވަނީ ރަތަށް އަރައިފައެވެ. އެމީހުން ބުނީ މިއީ މޮޔަ ވާހަކަ ދައްކާ މީހެއް ކަމަށާއި މިފަދަ ވާހަކަ ދައްކާ މީހުން ހަފްލާތަކަށް ގެންނަންވެސް ނުވާނެ ކަމަށެވެ.
މިއަދު އޮންލައިން