އދގެ ވަފުދު ޕީޕީއެމާ މަޝްވަރާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އދގެ ވަފުދު ޕީޕީއެމާ މަޝްވަރާކޮށްފި
ބޭރުގެ ފަރާތެއް މެދުވެރިއެއްގެ ދައުރު އަދާކުރާނަމަ މަޝްވަރާތަކުގައި ބައިވެރިނުވާނެކަމަށް ބުނެފަވަނިކޮށް އދ ގެ ވަފުދު ޕީޕީއެމް އާއި މަޝްވަރާކޮށްފިއެވެ.

ޕީޖީ ލީޑަރު އަޙްމަދު ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދގެ ވަފުދާއިއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ޕީޕީއެމްގެ ނައިބް ރައީސް، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކަމަށެވެ. އަދި މި ބައްދަލުވުމުގައި ޕީޕީއެމްގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ނައިބްރައީސް އަދުރޭ ބުނެފައިވަނީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ބޭރުގެ ފަރާތަކުން މެދުވެރިއެއްގެ ދައުރު އަދާކުރާނަމަ އެފަދަ ބައްދަލުވުމެއްގައި ޕީޕީއެމުން ބައިވެރިނުވާނެ ކަމަށެވެ.

އދ ގެ ވަފުދުން މަސައްކަތްކުރަމުން ގެންދަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ފެށޭނެ ގޮތެއް ހޯދުމަށެވެ. ސަރުކާރާއިއެކު އިދިކޮޅު ފަރާތްތަކުން ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން އދ އަށް ދިން ދައުވަތު އދ އިން ވަނީ ބަލައިގެންފައެވެ.



މިއަދު އޮންލައިން