ދަރިންގެ ހުނަރާ ސިފައަށް ބަލައި ތަފާތު ކުރުމަކީ ބޮޑުވެގެންވާ ފާފައެއް - ކަނޑައެޅިގެން ހަރާމް ކަމެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދަރިންގެ ހުނަރާ ސިފައަށް ބަލައި ތަފާތު ކުރުމަކީ ބޮޑުވެގެންވާ ފާފައެއް - ކަނޑައެޅިގެން ހަރާމް ކަމެއް: މުފްތީ މެންކް
އެއްދަރިންނަށް ވުރެ ގިނަ ދަރިން މާތް ﷲ ދެއްވެވުމުން ދަރިންގެ ހުނަރާ ސިފަ ފަދަ ކަންކަމަށް ބަލައި ދަރިންގެ މެދުގައި ތަފާތުކުރުމަކީ ބޮޑުވެގެންވާ ބޮޑު ފާފައެކެވެ. އެއީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ.

ކަން މިހެން ހުރި ނަމަވެސް ހަމަ މުސްލިމް ބެލެނިވެރިން އެކަން އެބަކުރެއެވެ. ސިފަ ރީތިވުމުންނާއި ކިޔެވުމަށް މޮޅުވުމުންނާއި ހުޝިޔާރުކަން ބޮޑުވުން ފަދަ ކަންކަމަށް ބަލައި ދަރިންގެ މެދުގައި އެބަ ތަފާތުކުރެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ބައެއް ކުދިންނަށް މިކަމުގެ އަސަރުކުރާލެއް ބޮޑުކަމުން އެކުދިންގެ ގޭގައި އެކުދިންގެ ހައިޞިއްޔަތަކީ "ކަޅުކަންބަޅި" ކަމަށް އެބަ ބުނެއެވެ. ސުބްހާނަﷲ! ކޮން ފަދަ ދަށުދަރަޖައިގެ އަމަލެއްތޯއެވެ! "މިފަދައިން ކަންކަން ކުރެވިފައިވާ ބެލެނިވެރިންނަށް ޢަފޫކުރެއްވެވުން އެދި ﷲ އަށް ދުޢާކުރަން!"

ހަޤީޤަތުގައި ސަމާލުކަން އިތުރުކުރަން ޖެހޭނީ އެހީތެރިކަމަށް ބޭނުންވާ ދަރިންނަށެވެ. ހަމަހަމަކަން އޮންނާނީ އެއިރުންނެވެ.

"މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން ފެންނަން އެބައޮތް. މީހަކު އެއްދަރިއަށް އެއްޗެއް ދިނީމާ އެހެން ހުރިހާ ދަރިންނަށް ވެސް ދިނިންތޯ ސުވާލުކުރެއްވެވި. އަދި އެއް ދަރިއަށް ދީގެން ނުވާނެ ކަމަށާއި ހުރިހާ ދަރިންގެ މެދުގައި ހަމަހަމަކުރަން އެންގެވި. ގިނަ ދަރިން ތިއްބައި އެއްދަރިއަކަށް ދިނުމަށްވުރެ އެއްވެސް ދަރިއަކަށް ނުދިނުން ރަނގަޅުކަމަށް ހަދީޘްފުޅުކުރެއްެވެވި"

މިފަދަ ކަންކަމަށް ހައްލު ހޯދުމަށް ދިރާސާކުރާނަމަ އެތައް ބައިވަރު ދުވަސްތައް ބޭނުންވެއެވެ. ނަމަވެސް ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކުން އެހެރީ ވަރަށް ސާފުކޮށް ފެންނާށެވެ.

މާތް ﷲ މީސްތަކުންނަށް ތަނަވަސްކަމާއި ދަރިން ދެއްވަވަނީ އިމްތިޙާނަކަށެވެ. ޤިޔާމަތް ދުވަހު އެއިން ފައިދާކުރާނީ މާތް ﷲ އެންގެވި ގޮތުގައި ޢަމަލުކުރެވިފައިވާނަމައެވެ.

- މުފްތީ މެންކްގެ ދަރުސަކުން -
މިއަދު އޮންލައިން