ފަތިސް ނަމާދަށް ދަރިން ހޭނުލައްވާތީ ދީނީ އިލްމުވެރިއަކާއި މައަކާއި ދެކެވުނު އިބްރަތްތެރި ވާހަކަކޮޅެއް:
ޝައިޚް: ދަރިން ނިދާފައި ތިއްބާ ތިބާގެ ގޭގައި އަލިފާން ރޯވެއްޖެނަމަ ހަދާނީ ކިހިނެއްތަ؟
މަންމަ: ހަމަ ޔަޤީނުންވެސް ދަރިން ހޭލައްވާނަން.
ޝައިޚް: އެމީހުންގެ ނިދި ގަދަވެ ހޭނުލައިފިނަމަ ހަދާނީ ކިހިނެއްތަ؟
މަންމަ: ދަރިން ދަމާ އެނދުން ވައްޓާލާނަން.
ޝައިޚް: ދަރިން ނަރަކައިގެ އަލިފާނުން ސަލާމަތްކުރުން މާ މުހިންމެވެ.
ދަރިން ފަތިސް ނަމާދަށް ހޭލައްވައި އެކަމަށް ތަރުބިއްޔަތުކުރުމަކީ މައިން ބަފައިންގެ މަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔަތު އަދާކުރަނީ ކިތައް ބެލެނިވެރިން ހެއްޔެވެ؟ އެންމެ ކުޑަމިނުން ތިމާމެން އަމިއްލައަށް ތެދުވެ ފަތިސް ނަމާދުކުރަނީ ކިތައް ބެލެނިވެރިންހެއްޔެވެ؟
ގޭގައި އަލިފާން ހިފުމުން ސަލާމަތްވުމަށް ދަރިންކޮޅު ގޮވައިގެން ދުވެ ނުކުންނަން މަސައްކަތްކުރާނެއެވެ. އެއަށްވުރެ ބޮޑަށް މަސައްކަތް ކުރަންވީ ތިމާ އާއި ތިމާގެ ދަރިން ނަރަކައިން ސަލާމަތްކުރުމަށެވެ.