"މުނާފިޤުންގެ ކިބައިން އިވޭނީ މޮޅުވާހަކަތަކުގެ އަޑެވެ. ނަމަވެސް މާތް ﷲ އަށް އީމާންވެގެން ތިބި މީހުންގެ ކިބައިން ފެންނަމުން ދާނީ ހެޔޮ އަމަލުތައް ކުރާ ތެނެވެ."
މީގެ މާނައަކީ މީސްތަކުންގެ ކުރިމަތީގައި މުނާފިޤުން ކިތަންމެ މޮޅު ވާހަކަތައް ދެއްކި ނަމަވެސް ދައްކާ ވާހަކަ އާއި އެއްގޮތަށް އަމަލު ނުކުރާނެ ކަމެވެ. އަމަލުކުރާނީ އެމީހާއަށް އެންމެ ފައިދާއަށް ހުރި ގޮތަށް ކަމެވެ.
މާތް ﷲ އަށް އީމާންވެގެން ހުންނަ މީހާ ވާހަކައެއް ދައްކައިފިނަމަ އެބުނި ބަހާއި އެއްގޮތަށް އަމަލުކުރާނެއެވެ. އަމަލުކޮށް އެކަން މީސްތަކުންނަށް ދައްކާނެއެވެ. އަދި މާގިނަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި އީމާންވެގެން ތިބޭ މީހުންެގެ ކިބައިން ފެންނާނީ ހެޔޮ އަމަލުތައް ކުރަމުން ގެންދާ ތަނެވެ.
މި ބަސްކޮޅު ނަގާފައިވަނީ އިޤްތިދާއު އަލް-އިލްމީ އަލް-އަމަލް 38 އިންނެވެ.
މި ބަސްފުޅުތަކަށް ބަލާއިރު ސިޔާސީ ގޮތުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް މީސްތަކުންނަށް ވައުދުތައްވެ އެ ވައުދުތައް ނުފުއްދުމަކީ މުނާފިޤުންގެ ސިފައެއްކަން އެނގިގެންދެއެވެ.