އަނގައަށް ޖެހޭ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އަނގައަށް ޖެހޭ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގައިފި
އަނގައަށް ޖެހޭ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗާއި ކެންސަރ ސޮސައިޓީ ގުޅިގެންނެވެ.

މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވީ އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ސުރާބި ސޮމާނިއެވެ. ޑރ. ސުރާބީ އަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ކެންސަރާއިމެދު ހޭލުންތެރިކަން އިތުރުކުރުވުމަށް ވަރަށް ގިނަ ކެންޕޭނުތައް ހިންގާ ޑޮކްޓަރެކެވެ.

ޑރ. ސުރާބި ސޮމާނި ވަނީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ރާއްޖެއަށް ބެލި ނަމަވެސް އެންމެ ބާރަށް ފެތުރެނީ އަނގައިގެ ކެންސަރުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން