ދޮގު ހުވަފެން ދެއްކުމަކީ މުނާފިޤުންގެ ސިފައެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ދޮގު ހުވަފެން ދެއްކުމަކީ މުނާފިޤުންގެ ސިފައެއް: ޝައިޚް ޢަލީ ޒައިދު

ދޮގު ހުވަފެން ދެއްކުމަކީ މުނާފިޤުންގެ ސިފައެއްކަމަށް ވިދާޅުވެ ދޮގު ހެދުން މިހާރުން މިހާރަށް ވެސް ހުއްޓައިލުމަށް އައްޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މިހާރަކަށް އައިސް ދޮގު ހެދުން ވަރަށް ގިނަވެއްޖެއެވެ. އަދި ވަރަށް ޢާންމުވެއްޖެއެވެ. ދޮގު ހެދުން މިހާރުން މިހާރަށް ހުއްޓައިލާށެވެ. ދޮގު ހުވަފެން ދެއްކުމަކީ މުނާފިޤުންގެ ސިފައެކެވެ. ހަޤީޤަތް ބުނެދޭށެވެ. ހިތިނަމަވެސް އެވެ!"

ސަރުކާރުގެ ތެރެއިން ވައްކަމާއި ކޮރަޕްޝަން ޢާންމުވެ އިތުރުވެ ދޮގު ހެދުން ޢާންމުވެފައިވާކަމަށް ގިނަ ބައަކު ބުނާއިރު ޢާއިލީ ކަންކަމުގައިވެސް ދޮގުހެދުން މިހާރަކަށް އައިސް ވެފައިވަނީ ޢާންމު ކަމަކަށެވެ.
ކައިވެނީގެ ކުރިން ދައްކާ "ހުވަފެންތަކަކީ" ހަޤީޤަތް ނޫންކަން އެނގުމުން ރޫޅާލަންޖެހޭ ކައިވެނީގެ އަދަދު އިތުރުވަމުންދާކަންވެސް ގިނަ ބައަކު ފާހަގަކުރެއެވެ. އެހެންކަމުން ޙަޔާތުގެ ހުރިހާ މަރުހަލާތަކެއްގައިވެސް ތެދުވެރިކަމާއިއެކު މުޢާމަލާތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމެކެވެ.
މިއަދު އޮންލައިން