ފެން އެތެރެއަށް ބާރަށް ދަމައި އެފެން ބޭރުކުރުމަކީ މުބާލަޣާ ކުރުމެވެ. އެއީ އެކަންކުރަންޖެހޭ ގޮތެވެ.
ނަމަވެސް ރޯދަ ވެރިޔާ ބާރަށް އެތެރެއަށް ދަމައިގެން ނުވާނެއެވެ. އެއީ ނޭފަތަކީ ކާތަކެތިވެސް އެތެރެކުރެވޭ ހޮޅިއަކަށްވާތީއެވެ. ރޯދައަށް ހުރެ ނޭފަތަށް ބޭސް އެޅުންވެސް ޢިލްމުވެރިން މަނާކުރައްވަވަނީ އެ ސަބަބަށްޓަކައެވެ.
ރޯދަވެރިޔާވެސް އަތްގޮށްޓަށް ފެންއަޅައި އެރެއަށް ނުދާވަރު ބަލައިގެން ނޭފަތުގެ އެތެރެއަށް ފެންލާންވާނެއެވެ.
މާތް ﷲ ގެ ރަސޫލާ މުޙައްމަދު (ޞޢވ) މީސްތަކުންނަށް ވުޟޫކުރަން ދަސްފުޅުކޮށްދެއްވެވި ގޮތަށް ވުޟޫކުރުމަކީ ނަމާދު ޞައްޙަވުމުގެ އެންމެ މުހިންމު އެއް ޝަރުޠެވެ.
(ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން)
(ކަން މިފަދައިން އޮތް ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަބައަކު ވުޟޫކުރުމުގައި ނޭފަތަށް ފެންލައި އުޅެނީ ދެއިނގިލި ކުރިންނެވެ. އެގޮތަށް އެކަން ކުރުމަކުން ވުޟޫގައި ނޭފަތަށް ފެންލުން ފުރިހަމައެއް ނުވެއެވެ.
ުޟޫކުރާއިރު ނޭފަތަށް ފެންލާން އޮންނަ ގޮތަށް އެތެރެއަށް ދަމައި ބޭރުކޮށްގެން ވުޟޫކުރުމުގައި ޞިއްޙީ ފައިދާތަކެއް އެބަހުރިކަންވެސް މިހާރު ވަނީ ސާބިތުވެފައެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހުން މަދުވުމާއި ޖެހުނު ނަމަވެސް އެކަމުގެ އުނދަގޫތައް ކުޑަވުމާއި އަދި ސައިނަސް ބައްޔަށް ލުއި ލިބޭކަން ވަނީ ސާބިތުކުރެވިފައެވެ.)
ގުލުންހުރި އަޑު: