އިންޑިއާއިން ދިވެހިންނަށް އަލުން މެޑިކަލް ވިސާ ދޭން ފަށައިފި

ކިޔުމަށް ހޭދަވާނީ 53ސ
އިންޑިއާއިން ދިވެހިންނަށް އަލުން މެޑިކަލް ވިސާ ދޭން ފަށައިފި
އިންޑިއާއިން ދިވެހިންނަށް މެޑިކަލް ވިސާ ދިނުން މަޑުޖައްސާލާފައި އޮތުމަށްފަހު، އަލުން އެޚިދުމަތް ދޭން އިންޑިއަން ހައިކޮމިޝަނުން ފަށައިފިއެވެ.

ގިނަ ބަޔަކު މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ދިޔުމަށް ވިސާއަށް އެދުމުން ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ، އެހައިކޮމިޝަނުން ވަނީ ދިވެހިންނަށް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.

ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ވިސާ ދޭން ފަށާފައިވާ ކަމަށާއި ކުރިންވެސް އޮންނަ އުސޫލުގެ މަތިން ދައްޗެއްނެތި ވިސާ ދޫކުރަމުންދާ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެފައިވެއެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށްފަހު، ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ނަމަވެސް އިންޑިއާއިން ފަހުން ބުނެފައިވަނީ ރާއްޖޭގެ ކަންކަމާއި ނުބެހޭނެ ކަމަށާއި ވާދަވެރި ޗައިނާއިން ވެސް އިންޑިއާއަށް އެއްވެސް ކަމެއް ނުކުރުމަށެވެ.

މިއަދު އޮންލައިން