އަބީ ހުރައިރަތުގެފާނު ރިވާ ކުރެއްވެވިއެވެ. "ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. ހެނދުނާއި ހަވީރު ކޮންެމެ އިރަކު 100 ފަހަރު ސްބްޙާނަﷲ ވަބިޙަމްދިހީ ކިޔައިފި މީހާއަށްވުރެ އިތުރު ހެޔޮކަމަކާއިގެން އަންނަ މީހަކު ޤިޔާމަތް ދުވަހަކު ނުވެއެވެ. އެއަށްވުރެ ކިޔެވުން އިތުރުކޮށްފި މީހަކު މެނުވީއެވެ."
"ސްބްޙާނަﷲ ގެ މާނައަކީ މާތް ﷲ ގެ ހުސްޠޯހިރުވަންތަކަމާއިއެވެ. ﷲ ވަނީ ހުރިހާ އުނިކަމަކާއި އައިބުތަކުން ހުސްޠޯހިރުވެވޮޑިގެނެވެ."
މި އިސްމުފުޅު އެހައި މަތިވެރިވަނީ އެންމެހައި ކަމެއް ނުވަތަ އެންމެހައި ކަންކަން ފުރިހަމައަށް ވަނީ މާތް ﷲ ގެ ޙަޟްރަތަށް ކަމުގައިވާތީއެވެ.
އެއްވެސް އުނިކަމެއް ޢައިބުކަމެއް ރައްބުލްޢާލަމީނަކަށް ނުވެއެވެ. "އެކަލާނގެ އިސްމުފުޅުތަކުގައިވެސް އަދި އެކަލާނގެ ސިފަފުޅުތަކުގައިވެސް އެކަލާނގެ ކުރައްވަވާ އެންމެހައި ކަންތައްތަކުގައިވެސް ވަޙީ ބަސްފުޅުތަކުގައިވެސް، އެއްވެސް ކަމެއްގައި އެއްވެސް އުނިކަމެއް ނެތް."
"ވަބިޙަމްދިހީގެ މާނައަކީ އެންމެހައި ހަމްދް ތައުރީފެއް ވަނީ އެކަލާނގެއަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޘަނާ ދެންނެވުމަށް އަޙަމްދަށްވުރެ މަތިވެރި އެންމެ ކައިލައެއްވެސް ނުއޮންނާނެ. ސޫރަތުލްފާތިޙާ (އަލްޙަމްދު) އިން ކީރިތި ޤްރްއާން ފެށިފައިވަނީވެސް އެ ސަބަބަށްޓަކާ."
އިލްމުވެރިން ހެނދުނު ކަމަށް ވިދާޅުވަނީ ފަޖްރުލީންސުރެ އިރުއަރައިފުމަށްދާންދެނެވެ. ހަވީރެވެ ބުނުމުގެ މުރާދަކީ ޢަޞްރުވީންސުރެ އިރުއޮއްސުމާއި ދެމެދެވެ. ބައެއް އިލްމުވެރިން އެއީ ރޭގަނޑުގެ 3 ބައިން ފުރަތަމަ ބައާއި ހަމައަށް ކަމަށްވެސް ވިދާޅުވެއެވެ. ނަމަވެސް ގިނަ އިލްމުވެރިން ބުރަވެލައްވަނީ ޢަޞްރު ނަމާދުން ފޭށިގެން އިރުއޮއްސުމާއި ހަމައަށް ކަމަށެވެ.
މިކަމުގައި ވަގުތު ވަނީ ތަނަވަސްވެގެންނެވެ. ހަމައެއާއިއެކު އެހައިމެ ފަސޭހަ ކަލިމައެކެވެ. އެހެންކަމާއިއެކުވެސް މީގެ މާނައަކީ ހަމައެކަނި އެކަލިމަ ކިޔުމެއް ނޫނެވެ. ކުރަންޖެހޭ އަޅުކަންތައްތައްވެސް ކުރުމާއިއެކުގައި ކިޔެވުމެވެ.
މިއީ ވާދަކުރަންވެސް އޮތް ކަމެކެވެ. ގަދައަޅައި މަސައްކަތްކުރަން ވެސް އޮތް ކަމެކެވެ. އެންމެ ގިނައިން ކިޔަވާ މީހަކަށް ވުމަށެވެ.
ނިއުމަތުގެ ވަގުތުތަކުގައިވެސް އަބަދުވެސް ދެމިތިބެންވީ މާތް ﷲ އަށް ޛިކުރުކުރުންމަތީގައެވެ. އެއިރުން މުޞީބާތުގެ ވަގުތުގައި މާތް ﷲ އަށް ދަންނަވާ ދެންވުންތައް އިޖާބަ ކުރެއްވެވުން އަވަސްވާނެތެވެ. އެގޮތުން ބަލައިފިނަމަ ވެސް ކިޔަން މިއީ ކޮންފަދަ މަތިވެރި ޛިކުރެއްތޯއެވެ!
ކަންކަން މިހެން ހުރި ނަމަވެސް މާތް ﷲ ދެއްވަވާފައިވާ ވަގުތުތަކުގެ ބޭނުން ހިފެހެނީ ކިހިނަކުން ހެއްޔެވެ؟ ވަގުތު ތައް ހޭދަކުރެވެނީ ބޭކާރު ގޮތުގައެވެ. މާތްގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމުގައެއް ނޫނެވެ.
- އައްޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން -
ގުޅުންހުރި އަޑު: