ނަމާދު ވަގުތު ޖެހުމުން ދަރިން ނަމާދަށް ގެންދަން އުޅުމުން "ދަރިފުޅު ގޭމް ކުޅެލަން އަދި ބައިންދައިލަން" ބުނާ މައިން އެބަ އުޅޭ ކަމަށާއި އެފަދަ މައިންނަކީ ޝައިޠާނާއަށްވުރެ ނުބައި ބައެއް ކަމަށް ޑރ. ޢަބްދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިއަދު ވިދާޅުވީ ދަރިންނަށް ހެޔޮ އެދޭ އެއްވެސް މައަކު މިބާވަތުގެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި މައިންގެ ޒިންމާއަކަށް ވާންޖެހޭނީ ކޮންމެ ގޮތަކުން ނަމަވެސް ދަރިން ނަމާދަށް ފޮނުުން ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ދަރިން ދެކެ ލޯބިވާތީ ކަމަށް ބުނެ ޑްރަގް ގަންނާނެ ފައިސާ ދަރިންނަށް ދޭ މައިންވެސް އެބަ އުޅޭ ކަމަށާއި އެފަދަ ކަންކަން އެކުރަނީ ދަރިން "ހަލާކުކޮށް މަގުފުރައްދަން" ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ މިފަދަ ނުބައި ކަންކަމުގައި ބައްޕައިންނަށްވުރެ ބޮޑަށް ދަރިންނަށް އެހީތެރިވަނީ މައިން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އެހީތެރިވުމަކީ ބައްޕައިން ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ކިތަންމެ ރަނގަޅަށް ބަލަހައްޓަމުން ދަނިިކޮށްވެސް ދަރިއަކު ގޯސް މަގަކުން ހިނގައިދާނެ ކަމަށާއި އެހެންކަމާއިއެކުވެސް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ މައިން ބަފައިންނާއި މާތްﷲ ހަވާލުކުރައްވަވާފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.