ރަމަޟާން މަސް ނިމިގެންދާއިރު ޚަޠިމެއް ނުކުރެވޭއިރު ޚަޠިމެއް ނިމެންދެން އަޑުއަހައިލުމުގެ ހިތްވަރު ނެތި ހިފަނީ ކޮން ރޯދައެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރަމަޟާން މަސް ނިމިގެންދާއިރު ޚަޠިމެއް ނުކުރެވޭއިރު ޚަޠިމެއް ނިމެންދެން އަޑުއަހައިލުމުގެ ހިތްވަރު ނެތި ހިފަނީ ކޮން ރޯދައެއް؟
ރަމަޟާން މަސް ނިމިގެންދާއިރު ޚަޠިމެއް އަމިއްލައަށް ކިޔަވައިލަން ނުކުރެވޭއިރު ޚަޠިމެއް ނިމެންދެން އަޑުއަހައިލުމުގެ ހިތްވަރު ނެތި ހިފަނީ ކޮން ރޯދައެއް ހެއްޔެވެ؟

މިބުނަނީ ތަރާވީސް ނަމާދުގައި ޚަޠިމް ކުރަން ކިޔަވާއިރު ފަހަތުން އަޑުއަހައިލަން ތިބާ ނުކުޅެދޭ ވާހަކައެވެ. އެންމެ ކުރުކޮށް ކުރާ މިސްކިތަކަށް ގޮސް ފުއްދައިލާ ވާހަކައެވެ. މިބުނަނީ ތިބާ އަމިއްލައަށް ކިޔަވައިގެން ރަމަޟާން މަސްތެރޭގައި ތިބާއަށް ޚަޠިމެއް ނުކުރެވޭއިރު ތަރާވީސް ނަމާދުގައި ހުރެ ޚަޠިމް އަޑުއަހައިލައިގެން ކުރުމުގެ ޤާބިލުކަންވެސް ތިބާގެ ކިބައިގައި ނެތް ވާހަކައެވެ.

މިއަހަނީ އެހެންކަމަށްވާއިރު ތިބާ ތިއަ ހިފަނީ ކޮން ރޯދައެއް ހެއްޔެވެ؟

ރަމަޟާން މަސް އަންނަނީ ކައިރިވަމުންނެވެ. ތަރާވީސް ނަމާދު ކުރަން ބޭނުންވެއެވެ. ނަމަވެސް ދާން ބޭނުންވަނީ އެންމެ އަވަހަށް ނަމާދު ނިންމައިލާ މިސްކިތަކަށެވެ. އެހެންކަމަށްވާނަމަ ކީރިތި ޤްރްއާނުގެ މައްސަރުގައިވެސް ކީރިތި ޤްރްއާނަށް މިދެވުނީ ކޮން ސަމާލުކަމެއް ހެއްޔެވެ؟

ރަމަޟާން މަސް ނިމިގެންދާއިރު އެންމެ ކުޑަމިނުން ކީރިތި ޤްރްއާން ފެށިގެން ނިޔަލަށް އަޑުއަހައިލުމުގެ ބާރު ތިބާގެ ގައިގާ ނެތްނަމަ ތިއީ ދެން ކާކު ހެއްޔެވެ؟ ރަމަޟާން މަސްތެރޭގައި ޖިބްރީލްގެފާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ދެކަލުން ކީރިތި ޤްރްއާން އެކުގައި މުރާޖަޢާ ކުރެއްވެވީ އެކަމުގެ މުހިންމުކަން ކިހައި ބޮޑުވީމައިކަން ހަމަ ނުވިސްނެނީހެއްޔެވެ؟

ތިބާއަށް ވަގުތު ނެތީ ތަރާވީސް ނަމާދަށް ހުރެ ކީރިތި ޤްރްއާން އަޑުއަހައިލުމަށެވެ. މިސްކިތުން ފައިބައި މީހުންނާއި ވާހަކަދައްކަން ހުންނާނެ ވަގުތު އެބައޮތެވެ. ކޮފީ ޝޮޕްތަކަށްވެސް ވަގުތު ބޭކާރުކުރާނެ ވަގުތު އެބައޮތެވެ.

ދެން ވެސް ބުނާނީ ތިމަންނަ ރޯދަ މިހިފަނީ ހަމަ އީޚްލާޞްތެރިކަމާއިއެކުގައި ކަމަށް ހެއްޔެވެ؟

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން