ވެރިކަންކުރާ ޕީޕީއެމްގެ 'ރުމާލު 2' ޖަގަހާގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރީ 28 އަހަރުގެ ފިރިހެނެއްކަމަށާއި، އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާކަމަށެވެ. އެ މީހާގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރިއެވެ.
މާލެ ހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ މި ޖަގަހާގައި ރޯކޮށްލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. އެ ޖަގަހާގައި ރޯކޮށްލުމުން އެ ޖަގަހާގައި ހަދާފައިވާ ސްޓޭޖާއި ޕޯޑިއަމްއާއި މޭޒެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.