ކޮއްކޮ އެކްސިޑެންޓްވެއްޖެ ކަމަށް ބުނެ ކޮއްކޮ ބުނެގެން ދޮގު ހަދައިދިން ބޭބެ ކުޑަ ދުވަސްކޮޅެއްތެރޭ އެކްސިޑެންޓްވި: ޑރ. ޢަބްދުﷲ ޖަމީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކޮއްކޮ އެކްސިޑެންޓްވެއްޖެ ކަމަށް ބުނެ ކޮއްކޮ ބުނެގެން ދޮގު ހަދައިދިން ބޭބެ ކުޑަ ދުވަސްކޮޅެއްތެރޭ އެކްސިޑެންޓްވި: ޑރ. ޢަބްދުﷲ ޖަމީލް
ކޮއްކޮއަކު އެކްސިޑެންޓްވެއްޖެ ކަމަށް ބުނެ ކޮއްކޮ ބުނެގެން ދޮގު ހަދައިދިން ބޭބެ 10 ދުވަސްތެރޭ އެކްސިޑެންޓްވެފައިވާ ކަމަށް ޑރ. ޢަބްދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

'ބޮޑުބޭބެއަކު ގާތު އޭނަގެ ކޮއްކޮއަކު އެދުނީ އޭނާ މަސައްކަތްކުރާ ރެސްޓޯރަންޓަށް ގުޅައި އޭނާ އެކްސިޑެންޓްވެއްޖެކަމަށް ބުނެދިނުމަށް. އެއީ ކޮއްކޮ ޗުއްޓީއެއް ހޯދަން ބޭނުންވެގެން. އޭނާ ޗުއްޓީއަކަށް ބޭނުންވެގެން ޗުއްޓީ ހޯދުމުގެ ބޭނުމުގައި."

ޑރ. ޖަމީލް ވިދާޅުވީ ބޮޑުބޭބެއަކީ ހަމަ ނަމާދުކޮށް ރަނގަޅަށް އުޅޭ މީހެއް ކަމަށާއި ނަމަވެސް ކޮއްކޮގެ އެދުމަށް ދޮގުހަދައިދިންތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ކާރު ދުއްވަނިކޮށް އޭނާ އެކްސިޑެންޓްވި ކަމަށް ބޮޑުބޭބެ ޑރ. ޖަމީލް އަރިހުގައި ބުނެފައިވާ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ މާތް ﷲ އަށް ބިރުވެތިވާ އެއްވެސް މީހަކު ދޮގު ނުހަދާނެ ކަަމަށެވެ. އެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތް ކަމަށެވެ. އެހެންކަމާއިއެކު ވެސް ދޮގު ހެދުން މިހާރު ވަނީ ވަރަށް ބޮޑަށް ބިރުގަންނަން ޖެހޭ ވަރަށް ޢާންމުވެފައި ކަމަށެވެ.

ޞަޙީޙް ޙަދީޘްފުޅުތަކުން އެނގެން އޮންނަ ގޮތުގައި އެންމެ ދޮގެއް ހެދުނު ނަމަވެސް އެއީ ތައުބާވާންޖެހޭ ފާފައެކެވެ. އަދި ޢާއިޝަތުގެފާނުގެ އަރިއަހުން އެނގިފައިވާ ގޮތުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެންމެ ބޮޑަށް ނަފުރަތުކުރެއްވެވި އަދި އެންމެ ބޮޑަށް ހިތްޕުޅަށް އުނދަގޫފުޅުވި އެއް ކަމަކީ ދޮގު ހެދުމެވެ.
މިއަދު އޮންލައިން