މާތް ﷲ އަހަރެމެން މިދުނިޔެއަށް ފޮނުއްވެވީ ކޮން ބޭނުމަކުކަން އިނގޭތަ؟

ކިޔުމަށް ހޭދަވާނީ 1މ 10ސ
މާތް ﷲ އަހަރެމެން މިދުނިޔެއަށް ފޮނުއްވެވީ ކޮން ބޭނުމަކުކަން އިނގޭތަ؟
މުފްތީ މެންކުގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

"މިދުނިޔެއަށް އެއްބަޔަކު އަންނާނެއެވެ. އަދި އެބައެއްގެ އަޖަލު ހަމަވުމުން އެމީހަކު ދާނެ (މަރުވާނެ) އެވެ.

މަރުވާނީ ކޮންއިރަކު ކޮން ވަގުތަކުކަން އެކަކަށް ވެސް ނޭނގޭނެއެވެ. އަދި ދުނިޔެއަށް ކޮންމެ އިންސާނަކު ވެސް ފޮނުއްވުމަށް ފަހު އެކަލާނގެ އެމީހަކާއި އެކިއެކި ހުރަސްތައް ކުރިމަތި ކުރުވައެވެ. އެއީ އިމްތިހާނެއްގެ ގޮތުގައެވެ.

އެކަލާނގެ އަހަރުމެން މިދުނިޔެއަށް ފޮނުއްވެވީ ކީއްވެކަން ނުވަތަ ކޮން ބޭނުމަކުކަން އިނގޭ ހެއްޔެވެ؟ އެއީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ފަރުޟު ފަސް ނަމާދު ގާއިމް ކުރުމަށެވެ. ފަހެ، ފަރުޟު ފަސް ނަމާދު ގާއިމް ކުރާ ނުކުރާ މީހާ ވެގެން ވަނީ ބޮޑު ވެގެންވާ އަޒާބެއްގައިކަން ކަށަވަރެވެ.

ފަރުޟު ފަސް ނަމާދު ގާއިމް ކުރަންވަނީ އަހަރެމެންނާއި އެކަލާނގެއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢޥ) އެންގެވިމަގު އިޚްތިޔާރުކޮށް، ފުރިހަމައަށް އީމާންވުމުން ނޫނީ އަހަރެމެން މިދުނިޔެއަށް ފޮނުއްވާފައިވާ ސަބަބެއް އަހަރުމެންނަކަށް ރަނގަޅަށް ނޭނގޭނެއެވެ.

މާތް ﷲ އަޅުކަން ކުރަންވީ އެކަލާނގެއާއި ބައްދަލުވާނެ ދުވަހު (ތިމާ މިދުނިޔެއިން ވަކި ވެގެންދާ ހިނދު) ފުރިހަމައަށް ތައްޔާރުވެފައި ހުރުމަށެވެ. މާނައަކީ އެކަލާނގެ އާއި އެކަލާނގެ ރަސޫލާ (ޞޢޥ) އެންގެވި ގޮތަށް އުޅެ، ހެޔޮ ޢަމަލުތައް ގިނަކޮށް ތިމާއަކީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ މީހެއްކަމަށް ތައްޔާރުވެ ހުރުމެވެ. ސުވަރުގެވަންތަ ވެރިއަކަށް ވުމުގެ ނަސީބު ލިބުންމެ އޮތީ އެއިރުންނެވެ."
މިއަދު އޮންލައިން