އިންޑިއާގެ ވެސްޓް ބެންގޯލްގެ މިދްނަޕޫރު ޑިސްޓްރިކްޓްގެ މަގުމަތީގައި ސައި ވިއްކަން ބާއްވާފައި އޮތް ގާޑިޔަލަކަށް ދުއްވާފައި ދިއަ ޓްރަކެއް ޖެހުމުން 6 މީހުން މަރުވެ 12 މީހުން އެޑްމިޓްކުރަން ޖެހިއްޖެއެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިއަ ޓްރަކް އެކްސިޑެންޓްވީ ކޮނޓްރޯލު ނުކުރެވިގެން ކަމަށެވެ. އެކްސިޑެންޓްވުމުން ޓްރަކް ދުކޮށްލާފައި ޑްރައިވަރު ވަނީ ފިލައިފައެވެ.