ފިރިހެނުން އަންހެން ހެދުންލުމާ އަންހެނުން ފިރިހެން ހެދުން ލުން ޢާންމު ވެއްޖެ - އެއީ ވެސް ފަހު ޒަމާނުގެ އަލާމާތެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފިރިހެނުން އަންހެން ހެދުންލުމާ އަންހެނުން ފިރިހެން ހެދުން ލުން ޢާންމު ވެއްޖެ - އެއީ ވެސް ފަހު ޒަމާނުގެ އަލާމާތެއް: މުފްތީ މެންކް
ފިރިހެނުން އަންހެން ހެދުންލުމާއި އަންހެނުން ފިރިހެން ހެދުން ލުން ޢާންމު ވެއްޖެ ކަމަށާއި އެއީ ވެސް ފަހު ޒަމާނުގެ އަލާމާތެކެވެ. ހަމައެއާއިއެކު ފިރިހެނުންނަށް މާތް ﷲ ހަރާން ކުރައްވަފައިވާ ސިލްކް ފޭރާން ބޭނުންކުރުން މިވަނީ ޢާންމުވެފައެވެ. އެއީ ވެސް ހަމަ ފަހު ޒަމާނުގެ އަލާމާތެކެވެ.

"މިހާރު ބައެއް ފިހާރަތަކަށް ވަދެ އަހައިލީމަ އެބަބުނޭ މިއީ ދެ ޖިންސަށްވެސް ބޭނުންކުރެވޭނެ ހެދުމެކޭ. ނޫނީ ފޭރާމެކޭ. އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން. ދެ ޖިންސަށް ހުއްދަ އެއްވެސް ހެދުމެއް ނުހުންނާނެ. ހެދުންވެސް އަދި ހެދުން ފަހާ ފޭރާންވެސް ޖެހޭނީ ހަމަ ވަކިވާން. ނޫނީ އެއީ ހުއްދަ ހެދުމަކަށް ނުވާނެ."

"ކޮބައިތޯ ކަންފަތު މުދިލުމާ އަތުގަ އުޅާ އެޅުން. ކާކުތޯ ފިރިހެނުންނަށް މިކަންކަން ހުއްދަކުރީ؟ ޔަޤީން ކަމަކީ އިސްލާމް ދީނުގައި މިކަންކަން ހުއްދަ ނޫންކަން."

އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް އެމީހަކު ބޭނުންވާ ގޮތަކަށް އިސްލާމް ދީން ހުއްދަކުރާ މިންގަނޑުގެ ތެރެއިން ހެދުން އެޅިދާނެއެވެ. ނަމަވެސް ދެ ޖިންސުންވެސް ހެދުން ލާން ޖެހޭނީ އެ ޖިންސެއްގެ ހެދުމެވެ. އަނެއް ޖިންސުގެ ހެދުން ލުމަކީ އެއްވެސް ގޮތަކުން ހުއްދަ ކަމެއް ނޫނެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މިހުންނަނީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ ގޯސް ވިސްނުމެކެވެ. ރަނގަޅު ވިސްނުމެއް ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކަނޑައެޅިގެން މަނާކުރައްވަވާފައިވާ އެއްވެސް ކަމެއް އެއީ ހުއްދަ ކަމަކަށް ނުހެދޭނެއެވެ. ރަސޫލާ (ޞޢވ) މަނާ ކުރައްވަވާފައިވާ ކަމެއް ކުރަން ހުއްދަ ދެވޭނެ މީހަކު ނުހުންނާނެއެވެ. އަދި އަމިއްލައަށް ހުއްދަ ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ު- މުފްތީ މެންކްގެ ދަރުސަކުން -
މިއަދު އޮންލައިން