މާލެ ފުރެންދެން ކޮންކްރީޓް އެޅުމަކީ ތަރައްގީއަށް އެޅޭ ހުރަހެއް- ރައީސް ނަޝީދު

ކިޔުމަށް ހޭދަވާނީ 57ސ
މާލެ ފުރެންދެން ކޮންކްރީޓް އެޅުމަކީ ތަރައްގީއަށް އެޅޭ ހުރަހެއް- ރައީސް ނަޝީދު
މާލެ ފުރެންދެން ކޮންކްރީޓް އެޅުމަކީ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށާއި ހަގީގީ ތަރައްގީ ހޯދޭނީ މަސްވެރިން ބާނާ މަސްކޮޅު ހަމަ އަގުގައި ކިރާލެވޭނެ އިންތިޒާމް ހަމަޖެއްސިގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ރާއްޖެއަށް މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި މަސްވެރިން ބާނާ މަސްކޮޅު އޭގެ ހަމަ އަގުގައި ކިރާލެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ހަގީގީ ތަރައްޤީ ހޯދޭ ގޮތް ކަމަށެވެ. މާލެ ފުރެންދެން ކޮންކްރީޓް އެޅުމަކީ ތަރައްގީއަށް އެޅޭ ހުރަހެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ދެކުނުގެ ރަށްތަކުގެ މަސްވެރިކަން ވަރަށް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އޮގޮތުން ރޭ އެކަނި ވެސް ގއ. ކޫއްޑޫ ގައި 600 ޓަނުގެ މަސް ކިރާފައިވެއެވެ.

މިއަދު އޮންލައިން