ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތަކެއް އައިޖީއެމްއެޗް ގައި ފަށަނީ

ކިޔުމަށް ހޭދަވާނީ 39ސ
ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތަކެއް އައިޖީއެމްއެޗް ގައި ފަށަނީ
ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މިއަހަރު ފަހުކޮޅުގައި ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗް ގައި ފަށަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް މިހިނގާ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެކަމަށް ބޭނުންވާ ތިއޭޓަރުތައް ވެސް މިހާރުވަނީ ތައްޔާރު ކޮށްފައެވެ.

އެގޮތުން ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް ކައިރީގައި ތަރައްގީ ކުރަމުން އަންނަ 25 ބުރީގެ ހޮސްޕިޓަލުގައެވެ.

މީގެއިތުރުން ކިޑްނީގެ އެކި ބަލިތަކަށް ފަރުވާދޭނެ ސެންޓަރެއް 2016 ވަނަ އަހަރު އައިޖީއެމްއެޗް ގައި ގާއިމް ކޮށްފައިވެއެވެ. ކިޑްނީގައި އުފެދޭ ހިލަ، ލޭޒާ ބޭނުން ކޮށްގެން ގޮއްވާލުންފަދަ ޚިދުމަތްތައް އެސެންޓަރުން ދެއެވެ.
މިއަދު އޮންލައިން