ޒިނޭ ހުއްދަކުރުމަކީ ކުފުރެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޒިނޭ ހުއްދަކުރުމަކީ ކުފުރެއް: ޝައިޚް ޢަލީ ޒައިދު

ޒިނޭ ހުއްދަކުރުމަކީ ކުފުރެއް ކަމަށާއި އެއީ ޒިނޭކުރުމަށްވުރެ ބޮޑު ފާފައެއް ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާފަ ކުރުން ހުއްދަކޮށް، ފާފަކުރުމަށް ފައުޅުގައި ގޮވާ މީހާ، އެފާފައަކަށް އަރައިގަންނަ މީހަކަށްވުރެ މާނުބައިކަން ބޮޑު ކަމަށެވެ.

މިސާލު ދައްކަވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޒިނޭކުރުމާއި ޒިނޭ ހުއްދަކުރުމަށް ބަލާއިރު ޒިނޭ ހުއްދަކުރުމަކީ ކުފުރެއް ކަމަށާއި ޒިނޭ ކުރުމަކީ ބޮޑު ފާފައެއް ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޒިނޭ ކުރުމަކީ ބޮޑު ފާފައެއް ނަމަވެސް އެއީ ކުފުރެއް ނޫން ކަމަށާއި ޒިނޭ ހުއްދަކުރުމަކީ ކުފުރަކަށްވާތީ އެންމެ ނުބައިކަންބޮޑީ ޒިނޭކުރުން ހުއްދަކުރާ މީހާކަމަށެވެ.

"ފާފައަށް ހުއްދަކޮށް، އެއަސް ފައުޅުގަ ގޮވާ މީހާ، އެފާފައަކަށް އަރައިގަންނަ މީހަކަށްވުރެ މާނުބައިކަން ބޮޑު. މިސާލަކަށް- ،1 ޒިނޭކުރުމާ، 2 ޒިނޭ ހުއްދަކުރުން. މިގޮތުން ޒިނޭ ހުއްދަކުރުމަކީ ކުފުރެއް! ޒިނޭ ކުރުމަކީ ބޮޑު ފާފައެއް! ނަމަވެސް ކުފުރެއް ނޫން.! އެންމެ ނުބައީ އެ ހުއްދަކުރާ މީހާ!"




މިއަދު އޮންލައިން