އެއް ކެންޑިޑޭޓު ނެރެން އެއްބަސް، ގުޅިގެން ރައީސް ޔާމީން ބަލިކުރާނެ: ރައީސް ނަޝީދު

ކިޔުމަށް ހޭދަވާނީ 1މ 22ސ
އެއް ކެންޑިޑޭޓު ނެރެން އެއްބަސް، ގުޅިގެން ރައީސް ޔާމީން ބަލިކުރާނެ: ރައީސް ނަޝީދު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން އެއް ކެންޑިޑޭޓް ނެރުމަށް އެ ހުރިހާ ޕާޓީތަކުން އެއްބަސްވާކަމަށާއި ގުޅިގެން އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބަލިކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.



ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ނަޝީދު ދެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާނެކަމަށާއި ރިޔާސީ އިންތިޚާބުގައި ގުޅިގެން އެއް ކެންޑިޑޭޓް ނެރުމަށް އިދިކޮޅު އިއްތިހާދުގައި ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސްވާކަމަށެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިދިކޮޅު އިއްތިހާދުން ނެރޭ އެއް ކެންޑިޑޭޓް ހުރީ ކަނޑައެޅިފައިކަމަށް ވިދާޅުވެފައެވެ. ސަމީރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް އެ ކެންޑިޑޭޓް ވެސް ހުރީ ތައްޔާރަށްކަމަށެވެ. އެހެން ނަމަވެސް، އެއީ ކޮން ކެންޑިޑޭޓެއްކަން މި ވަގުތު ހާމަކުރަން ބޭނުންނުވާކަމަށާއި ވަގުތު ޖެހުމުން ރައްޔިތުންނަށް އެ ކެންޑިޑޭޓަކީކާކުކަން ހާމަކުރާނެކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.


މިއަދު އޮންލައިން