މަސްޖިދުލްއަޤްޞާ ހިމާޔަތްކުރުމުގަ ކޮންމެ މުސްލިމެއްގެ ދައުރުވެސް ބާއްވަންޖެހޭ: އައްޝައިޚް އަޙްމަދު ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މަސްޖިދުލްއަޤްޞާ ހިމާޔަތްކުރުމުގަ ކޮންމެ މުސްލިމެއްގެ ދައުރުވެސް ބާއްވަންޖެހޭ: އައްޝައިޚް އަޙްމަދު ސަމީރު
މަސްޖިދުލްއަޤްޞާ އަކީ ޢަރަބިންގެ ނުވަތަ ވަކި ޤައުމެއްގެ ތަނެއް ނޫންކަމަށާއި އެއީ މުޅި އިސްލާމީ އުންމަތުގެ ތަނަކަށްވާއިރު އެތަން ހިމާޔަތްކުރުމުގައި އެންމެހައި މުސްލިމުންގެ ދައުރު ބާއްވަންޖެހޭނެ ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައިޒަމްގައި މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވަމުން ޝައިޚް ސަމީރު ވިދާޅުވީ މަސްޖިދުލްއަޤްޞާގެ ހުރިހާ ބާރުތަކެއް މުސްލިމުންގެ ބާރުގެދަށަށް އަންނާނެ ކަމަށާއި ނަމަވެސް އެތަން މިއަދު ދުނިޔޭގައި ތިބި މީހުންނަށް ނުފެނިދާނެ ކަމަށެވެ. ނަމަވެސް މަސްޖިދުލްއަޤްޞާ ހިމާޔަތްކޮށް ޔަހޫދީންގެ ބާރުގެދަށުން މިނިވަންކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގައިވެސް ކޮންމެ މީހަކުވެސް ބައިވެރިވުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެކަމަށް މަސައްކަތްކުރި މީހުންގެ ލިސްޓުގައި އެމީހެއްގެ ނަން ލިޔެވޭތޯ މަސައްކަތްކުރަންވާނެ ކަމަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ މަސްޖިދުލްއަޤްޞާގެ މައްސަލައަކީ އަރަބި އިޒރޭލުގެ މެދުގައި އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ މުސްލިމުންނާއި ކާފަރުންނާއި ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި އަދި ޙައްޤާއި ބާޠިލުގެ މެދުގައި އޮތް މައްސަލައެއް ކަމަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ މުސްލިމުން މަސްޖިދުލްއަޤްޞާ ފަތަޙަކުރަން ކުރާ ހަނގުރާމައިގައި ބަލިވުމުން ޔަހޫދީން ފިލަން ގަސްގަހާއި އަދި ބޮޑެތި ހިލަތަކާއި ނިވާވާނެ ކަމަށާއި ނިވާވުމުން ގަސްތަކާއި ހިލަތައް މުސްލިމުންނަށް އެކަން އަންގަން ގޮވާނެތެވެ. އަދި ބުނާނީ އޭ މުސްލިމާއެވެ. ތިމަންނާގެ ފުރަގަހުގައި ޔަހޫދީއަކު އެބައޮތެވެ. އޭނާ ޤަތުލުކުރާށެވެ.

"އެތަކެތި ގޮވާނީ އަރަބިންނަކަށް ނުވަތަ ދަރަޖައެއްގެ ނުވަތަ ވަކި ޤަބީލާއެއްގެ ބައަކަށް ނޫނެވެ. މުސްލިމުންނަށެވެ. މިކަމުން އެނގިގެންދަނީ މުސްލިމުން ކުރިއަށްދާންވީ ހަމައެކަނި މުސްލިމުންގެ ގޮތުގައި ކަމެވެ. ވަކި ޤައުމެއްގެ ނުވަތަ ވަކި ޤަބީލާއެއްގެ ބައެއްގެ ގޮތުގައި ނޫން ކަމެވެ. އަދި މަސްޖިދުލްއަޤްޞާ ހިމާޔަތްކުރަން މަސައްކަތްކުރަންވީވެސް ހަމައެގޮތުގައި ކަމެވެ."
މިއަދު އޮންލައިން