ދަރިން ރުއްސުމަށްޓަކައި ޗޮކްލެޓްތަކާއި އެނޫންވެސް ހަދިޔާތައް އެބަ ދެމުއެވެ. ފުދުންތެރިކަމަށްބަލައި އަގޮބޮޑުވެގެންވެސް ގަނެ ނުދޭ އެއްޗެއް ނެތެވެ. ހަމަ ދަރިން ދެކެވާލޯބިންނެވެ.
ޚަބަރުގައިވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވާ ހަދިޔާއަކީ އެހުރިހާ ހަދިޔާތަކަށްވުރެ މާއަގުބޮޑުހަދިޔާއެކެވެ. ދަރިން ކީރިތި ޤްރްއާނަށް ހިތް ޖައްސުވަން މަސައްކުރުމެވެ. ދަރިން ލައްވައި ކީރިތި ޤްރްއާން ކިޔަވަން މަސައްކަތްކުރުމެވެ.
ހަދިޔާއެއްގެ އިތުރުން މިއީ ހަމަ ބައްޕައިންގެ ކިބައިގައި މާތް ﷲ އަޅުއްވަވާފައިވާ މަސްއޫލިއްޔަތެކެވެ. އަދާނުކޮށްފިނަމަ ޤިޔާމަތް ދުވަހުން ތިމާއަށް ސަލާމަތް ނުވެވޭނެ މަސްއޫލިއްޔަތެކެވެ. ރެކި ނުގަނެވޭނެ މަސްއޫލިއްޔަތެކެވެ.
ޤްރްއާން ކްލާހަކަށް ދަރިފުޅު ވައްދާފައި އަދި ކްލާހަށް ގެންދަން ފަސޭހަކުރަން މަންމައަށް ސައިކަލެއް ގަނެދިނުމަކުން އަދި އެއީ މި މަސްއޫލިއްޔަތު އަދާކުރެވުނީއެއް ނޫނެވެ. ދަރިފުޅާއި ބައިވެރިވެ އެކުގައި މަސައްކަތް ކުރަންޖެހެއެވެ. ދަރިފުޅަށް ލިބޭ ކުރިއެރުން ބަލަން އެބަޖެހެއެވެ. އަދި ހަމަ އެހެންމެ ދަރިފުޅާއިއެކުގައި ކިޔަވަންވެސް އެބަޖެހެއެވެ. އެކަމަށް ދަރިންނާއިއެކުގައި ވަގުތު ހޭދަކުރަން ވެސް ޖެހެއެވެ.
(ޚަބަރުގައިވާ ފޮޓޯއަކީ ހުއްދައަށް އެދުމުން ހުއްދަ ދީގެން ނަގާފައިވާ ފޮޓޯއެކެވެ. ހުއްދަ ދެއްވި ކަމަށްޓަކައި ޝުކުރު ަދާކުރަމެވެ.)