ނިތްކުރީގާ ކުރަލާފާނެތީ ލަދުގަންނައިރު އެއީ ތިބާ ނަރަކައިން ސަލާމަތްވުމުގެ ނިޝާންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ނިތްކުރީގާ ކުރަލާފާނެތީ ލަދުގަންނައިރު އެއީ ތިބާ ނަރަކައިން ސަލާމަތްވުމުގެ ނިޝާންކަން އެނގޭތަ؟
ނިތްކުރީގަ ހަރުލާ ސަޖިދައިގެ ނިޝާނަކީ ތިބާ ނަރަކައިން ސަލާމަތް ވުމަށް ލިބޭ އެންމެ ފަހު ފުރުޞަތުގައި ތިބާ ފާހަގަކޮށްދޭ ނިޝާނެވެ.

މީސްތަކުންގެ ތެރެއިން ފާފަތައް ކުރި މީހުން އެމީހަކު ނަރަކައި އޮތުމަށް މާތް ﷲ މިންވަރު ކުރައްވަވާ މުއްދަތެއް ފާއިތުވުމުން މާތް ﷲ އެމީހަކު ނަރަކައިން ސަލާމަތްކުރައްވަވާނެތެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ހުރިހާ ރަސޫލުބޭކަލުން އެކަމަށް ޝަފާއަތްތެރިވެވަޑައިގަންނަވަމުން ގެންދެވުމުންނެވެ.

އެއިރު ނަރަކައިގައި ތިބި މީހުންގެ ތެރެއިން އެމީހެއްގެ ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރު ވެސް ވާ އެންމެން ނަރަކައިން ސަލާމަތް ކުރެއްވުމަށް މާތް ﷲ މަލާއިކަތް ބޭކަލުންނަށް އަމުރުފުޅު ކުރައްވަވާނެތެވެ. އެހިނދު މަލާއިކަތް ބޭކަލުން ނަރަކައަށް ވަޑައިގެން އެމީހުން ސަލާމަތްކުރައްވަވާނެތެވެ.

އެމީހުން ފާހަގަވާނީ އެމިހުންގެ ނިތްކުރިގައިވާ ސަޖިދައިގެ ނިޝާނުންނެވެ. ނުވަތަ ސަޖިދަ ކުރުމުގެ ސަބަބުން ނިތްކުރީގައިލާފައި ހުންނަ ކުރައިންނެވެ. އެމީހުން ނަރަކައިން ނެރެވުމާއިއެކު ނަރަކައިގެ ދޮރުތައް ދާއިމަށް ބަންދުވެގެންދާނެއެވެ. އެއިރު އެތެރޭގައި ސަލާމަތް ނުވެވި ތިބި އެއްވެސް ބައަކަށް ސަލާމަތްވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. މިއީ މީސްތަކުން ނަރަކައިން ސަލާމަތްވުމަށް ލިބޭނެ އެންމެ ފަހު ފުރުޞަތެވެ. މިފުރުޞަތުގައި ތިބާގެ ސަލާމަތަށް މަގުފަހިވެގެން އެދަނީ ތިބާގެ ނިތްކުރީގައިވާ ކުރައިންނެވެ.

-- ޝައިޚް ސަމީރު މިއަދު ވިދާޅުވި ޚުޠުބާއިން

(ނަރަކައިގައި މީހާ އަނދަމުންދާއިރުވެސް ނިތްކުރީގައި ހުންނަ ސަޖިދައިގެ ކުރަ ނުއަނދާނެތެވެ.)
މިއަދު އޮންލައިން