ޤަޟާކުރަންޖެހިފައިހުރި ރޯދަތައް ޤަޟާކުރުން އަވަސް ކުރުމަށް އައްޝައިޚް ނިމާލް މުޙައްމަދު އެދިވަޑައިގެންފިއެވެ.
ޝައިޚް ނިމާލް ވިދާޅުވީ އެއްވެސް ސަބަބަކާއިހުރެ ރޯދައެއް ނުވަތަ ރޯދަތަކެއް ޤަޟާ ކުރަންޖެހިފައިވާނަމަ އެންމެ ފަހުވަގުތަށް އެކަން ލަސްނުކޮށް އަވަހަށް އެކަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކަލަންޑަރުގައި އޮތް ގޮތުންނަމަ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ފެށޭ މެއި މަހުގެ 16 ވަނަ ދުވަހެވެ. އެހެންކަމުން ރޯދަ މަސް ފެށެން މިހާރު މިވަނީ އެންމެ މަހެއްހައި ދުވަހަށް ކައިރިވެފައެވެ.