ކަންކަމުގެ ޙަޤީޤަތް ހާމަކޮށްދިނީމަ މައްސަލަތައް މަދުވެ ކަންކަން ޙައްލުވާނެ ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެކަމަށް ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައްވައި ޝައިޚް ޢަލީ ޒާހިރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ވަރަށް ގިނ މައްސަލަތައް އުފެދި ޝަކުވާތައް ގިނަވަނީ ވާނުވާ ނުއެނގުމުން ކަމަށެވެ. "ޙަޤީޤަތް ހާމަކޮށްދޭށެވެ. އެއިރުން ކުށް ހީތައް ފިލައި މައްސަލަތައް ޙައްލުވާނެއެވެ.
ޝައިޚް ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައި މިވަނީ ހަޤީޤަތް އޮޅުންފުލުވަން ބޭނުންވެގެން ރައްޔިތުން ހަޤީޤަތް ހޯދަން މަސައްކަތްކުރާ ވަަރަށް ގިނަ ކަންތައްތަކުގެ މައުލޫމާތު ސަރުކާރުން ހާމަނުކުރާތީ ތަފާތު ގިނަ ޝައްކުތަކާއި މައްސަލަތައް އުފެދިފައިވާ ވަގުތެއްގައެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ގުޅިގެން ހޯދަން މަސަްއކަތްކުރާ މައުލޫމާތު ފަދަ ބޮޑެތި ކަންކަމުގެ މައުލޫމާތު ނުލިބޭއިރު ޢާންމުކޮށް އެންެންގެ ލޯމަތީގައި ކުރާ ކަންކަމުގެ މައުލޫމާތު ވެސް ނުލިބޭކަން ފާހަގަކުރެވެއެވެ.
މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ދިވެހި ރާއްޖޭގެ ސަރުކާރުން ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ކީރިތި ޤްރްއާނުގ މުޞްހަފްތަކަށް އިހާނެތިކޮށް ނުހިތާވަރަށް އިހާނެތިކޮށް ހިތައި އަދި ކީރިތި ޤްރްއާނުގެ ޙުރުމަތް ކަނޑައި މަގުތަކުގައި އެކަން އިޝްތިހާރުކޮށްފައިވާއިރު އެކަން ހިނގައި ދިއަ ގޮތުގެ މައުޫމާތާއި އެކަމާއި ގުޅިގެން އެޅި ފިޔަވަޅެއް އެ ކަމަށް އަހަރުވީއިރުވެސް އެނގިފައި ނެތުމެވެ. އެކަމާއި ގުޅިގެން ކުރާ ސުވާލަކަށް "މައްސަލަ ބަލަނީ" ނޫން ޖަވާބެއް ނުލިބޭ ކަމެވެ.
Varah gina massala thah ufedhi shakuvaathah gina vanee vaanuva neyngumun neve. Hageegah haama kohdheysheve. Eyrun kuh heethah fila massala thah hallu vaane eve.
— Ali Zahir bin Saeed (@alizahirsaeed) April 14, 2018