ދީނީ އިލްމުވެރިން ގެންދަވަނީ ނަޞޭޙަތް ދެއްވަމުން ކަމަށާއި އިޞްލާހްވާނީ އަޑުއަހައި އިޞްލާޙްކުރީމައި ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ ދީނީ ޢިލްމުވެރިންގެ މަސްއޫލިއްޔަތަކީ ނަޞޭޙަތް ދިނުން ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ދީނީ އިލްމުވެރިން ދެއްވާ ނަޞޭޙަތުގެ އަޑު ނުއަހައި ލެއްވިހައި ކަމެއް ކޮށްފައި ދެން ތިބި މީހުން ކުށްވެރި ކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެއް ނޫންތޯ ވެސް ޝައިޚް ޢަލީ ޒައިދު ވަނީ ސުވާލު އުފައްދަވައިފައެވެ.
ޤައުމުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި ދީނީ އިލްމުވެރިން ޙައްޤު ބަސްފުޅު ވިދާޅުވެދެއްވުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ދާދިފަހުން ގޮވާލައިފައެވެ. ޝައިޚް ޢަލީ ޒައިދަކީ އެފަދަ ކަންކަމަށް އެންމެ ގިނައިން ހައްޤު ބަސްފުޅު ވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކުކަން ފާހަގަކުރެވެއެވެ.
Alhugandumenge masooliyyathakee naseyhai dhinun. Ekan kuramun migendhanee. Enmenah ves. Dhen konme bayaku ves naseyhai dhineemaa, adu naahaafaa, lehvihaa kameh koffa, kuhveri mikuranee dhen thibi meehun. Mee hamajehey kameh noonen noon thoo?!
— Sheikh Ali Zaid (@alizaid1000) April 15, 2018