ކުޑަދޮރުން ބަލާލައިގެން ހައްޖާއި އުމުރާވުމުގަ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކުޑަދޮރުން ބަލާލައިގެން ހައްޖާއި އުމުރާވުމުގަ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
ބައެއް މީހުން ހައްޖާއި އުމުރާއަށް ގޮސް ތިބެނީ ޙަރަމްފުޅުގެ ވަށައިގެންވާ ހޮޓާތަކުގެ އެއާކޮންޑިޝަންކުރި ކޮޓަރިތަކުގައެވެ. ޙަރަމްފުޅު ބަލަނީ ކުޑަދޮރުންނެވެ. ކީރިތި ޤްރްއާން ބާއްވަނީ މުސައްލަ މަތީގައެވެ.

އަހަރެން ޤަބޫލުކުރާ ގޮތުގައި މިއީ އަމަލުކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިކަންކަން އަހަރެންނަށް ޤަބޫލުކުރެވެނީ އެހައި ރަނގަޅު ކަންކަމުގެ ގޮތުގައެއް ނޫނެވެ.

ކަމެއް ދިމާވެގެން ޙަރަމްފުޅަށް ނަމާދަށް ނުދެވިދާނެއެވެ. އެފަދަ ވަގުތަކު ހޮޓަލުގައި ނަމާދުކޮށްލުމަކީ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް އުޞޫލެއްގެ ގޮތުން ޙަރަމްފުޅާއި ވީހައި ކައިރީގައި ނަމާދު ނުކުރާނަމަ އެއީ އަހަރެންގެ ހިތުގައި ސުވާލު އުފެދޭ ކަމެކެވެ. ޙައްޖު ނުވަތަ އުުރާއަށް ދިއަ ބޭނުމާއި މެދުގައެވެ.

ޙަރަމްފުޅު ގާތު ހުރި ހޮޓާތައް ހުރީ ޙަރަމްފުޅުގެ ސަރަހައްދުގައި ނަމަވެސް މެއެވެ. ގާތުން ތިމާގެ ލޮލަށް ޙަރަމްފުޅު ފެނުމުން ކުރާ އަސަރު ކުޑަދޮރުން ބަލައިގެން ކުރާނެ ކަމަށް އަހަރެންނަށް ޤަބޫލު ނުކުރެވޭތީއެވެ.

ޙައްޖަށާއި އަދި އުމުރާއަށް ދެވިއްޖެ ނަމަ އަހަރެން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަނީ ޙަރަންފުޅާއި ވީހައި ގާތުގައި ހުރެގެން ނަމާދުކުރުމަށެވެ.

- ލަވް އިސްލާމްގައިވާ ލިޔުމަކުން -
މިއަދު އޮންލައިން