އެފްއޭކަޕް ކާމިޔާބުކުރުން ކޮންމެހެން ވެސް މުހިންމު، ހުސްއަތާ ސީޒަން ނިންމާލަން ބޭނުމެއް ނޫން: މޮރީނިއޯ

ކިޔުމަށް ހޭދަވާނީ 1މ 30ސ
އެފްއޭކަޕް ކާމިޔާބުކުރުން ކޮންމެހެން ވެސް މުހިންމު، ހުސްއަތާ ސީޒަން ނިންމާލަން ބޭނުމެއް ނޫން: މޮރީނިއޯ
މެންޗެސްޓާ ޔުނައިޓެޑަކީ އެއްވެސް މުބާރާތެއް ކާމިޔާބުނުކޮށް ހުސްއަތާ ސީޒަން ނިންމާލަން ބޭނުންވާނެ ކްލަބެއް ނޫންކަމަށާއި އެފްއޭކަޕް ކާމިޔާބުކުރުން ޔުނައިޓެޑަށް ކޮންމެހެން ވެސް މުހިންމުކަމަށް އެ ކްލަބްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އިނގިރޭސި އެފްއޭކަޕް ފުޓުބޯޅަ މުބާާރާތުގެ ސެމީ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ މިރޭ ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. މި މެޗު މިރޭ ކުޅޭނީ ޓޮޓެންހަމްގެ ހޯމް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ނޫސްވެރިންނާ ބައްދަލުކޮށް މޮރީނިއޯ ބުނީ ޓޮޓެންހަމްގެ ދަނޑުގައި މެޗު ކުޅުނު ނަމަވެސް އެއީ ޓޮޓެންހަމްއަށް އޮތް އެޑްވާންޓޭޖެއްކަމަށް ނުދެކޭކަމަށެވެ. މޮރީނިއޯ ބުނީ އޭނާ މީގެ ކުރިން ކަޕް ފައިނަލެއްގައި އިދިކޮޅު ޓީމުގެ ދަނޑުގައި ކުޅެގެން މޮޅުވެފައިވާކަމަށާއި އޭނާ ކޯޗުކޮށްދޭ ޓީމުގެ ދަނޑުގައި ކުޅެގެން ވެސް ބަލިވެފައިވާކަމަށެވެ. އެހެންވުމުން އެއީ މިފަދަ ބޮޑެތި މެޗުތަކުގައި އެޑްވާންޓޭޖެއްކަމަށް ނުދެކެންކަމަށެވެ.

މޮރީނިއޯ ބުނީ މިރޭ މެޗަށް ނުކުންނާނީ މޮޅުވަންކަމަށާއި މެންޗެސްޓާ ޔުނައިޓެޑަކީ ހުސްއަތާ ސީޒަން ނިންމާލަން ބޭނުންވާނެ ކްލަބެއް ނޫންކަމަށެވެ. މޮރީނިއޯ ދެކޭގޮތުގައި މިރޭގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ކުޅުނަސް ނުވަތަ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނަސް އޭނާއަށް ވާނީ އެެއްވަރުކަމަށެވެ.

އެފްއޭކަޕް ފުޓުބޯޅަ މުބާރާތުގައި މިރޭ ކުޅޭ މެޗު މޮޅުވާން މެންޗެސްޓާ ޔުނައިޓެޑް ނުކުންނައިރު، މި ސީޒަންގައި އެ ޓީމަށް ކާމިޔާބުކުރެވެން އޮތް ހަމައެކަނި މުބާރާތަކީ އެފްއޭކަޕެވެ. އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ވާދަވެރި މެންޗެސްޓާ ސިޓީއިން ކަށަވަރުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކެޓީ ދެވަނަ ބުރުގައި ސްޕެއިންގެ ސެވިއްޔާ އަތުން ބަލިވެގެންނެވެ.

މިއަދު އޮންލައިން