ރޯދައަށް ތައްޔާރުވުން‍ 10: ނަރަކައިގެ ދޮރުތައް ބަންދުކުރެވި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެނީ - ވަންނަން ތައްޔާރުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރޯދައަށް ތައްޔާރުވުން‍ 10:  ނަރަކައިގެ ދޮރުތައް ބަންދުކުރެވި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެނީ - ވަންނަން ތައްޔާރުތަ؟
ބަރަކާތްތެރި، މާތްވެގެންވާ ރަމަޟާން މަހަކީ އެމަހެއްގައި ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވާ މައްސަރެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވާ މައްސަރެވެ؟ ވަންނަން ތައްޔާރުހެއްޔެވެ؟

މިހާރު ތިބާއަކީ ދީނުގެ ކަންކަމާއި މަސްއޫލުވެގެން އެހައިވަރަށް ނުއުޅެވޭ މީހަކަށް ވެދާނެއެވެ. އެއީ ތިބާގެ ސިކުނޑިއަށް ޝައިޠާނާ ސަވާރުވެފައިވާވަރު ބޮޑުކަމުންނެވެ. ދުނިޔޭގެ އެދުންތައް މާމުހިންމުކަމަށް ޝައިޠާނާ ވިސްނައިދޭ މިންވަރު ބޮޑުކަމުންނެވެ.

އެފަދަ މީހުންނަށް ރަމަޟާން މަހަކީ ވަރަށް މުހިންމު މަހެކެވެ. މިހާރުންސުރެ އަޒުމް ކަނޑައަޅަންވީ ރަމަޟާންމަހު ވީހައި ގިނަ ހެޔޮ ކަންތައްތައް ކުރުމަށެވެ. ހެޔޮ އަމަލުތައް ގިނަ ކުޅައުމަށެވެ. ރަމަޟާން މަސް ފެށުމާއިއެކު އެ އަޒުމުގައި މަސައްކަތްކޮށްފިނަމަ ރަމަފާން މަސް ނިމެންވާއިރަށް ތިބާއަށް ހުންނާނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މިހާރު ތިބާގެ ހަށިގަނޑުގައި ހިނގާ ލޭގެ ތެރޭގައި ބޮޑީ ޝައިޠާނާގެ ބައިކަމަށްވާނަމަ ރަމަޟާން މަސް ނިމޭއިރު އެކަން ބަދަލުވެގެން ހިނގައިދާނެއެވެ. އެކަމަށް ގަދައަޅައި މަސައްކަތްކޮށްފި ނަމައެވެ. މިއީ ހަމަ ވަރަށް ގިނައިން ފެނިފައިވާ ކަމެކެވެ. އެތައް ބައެއްގެ ކިބައިން ފެނިފައިވާ ބަދަލެކެވެ.

ސުވަރުގޭގެ އެންމެ ދަށުދަރަޖައިން ފުރުޞަތު ލިބުނު މީހާއަށް ވެސް މާތް ﷲ ދެއްވަވާ ނިޢުމަތްތައް މުޅި މިދުނިޔެއަށްވުރެ 10 ގުނަ ބޮޑެވެ. އެފަދަ މާތްތަނަކަށް ވަނުމުގެ ފުރުޞަތު މާތް ﷲ ހުޅުވައިލަ ދެއްވެވުމުން އެ ފުރުޞަތުގެ ބޭނުން ނުކުރާ މީހާއަށްވުރެ ވަކިން ބޮޑު މޮޔައަކީ ކާކުހެއްޔެވެ؟
މިއަދު އޮންލައިން