ރަނގަޅު މީހުންނަށް ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ފެނި, މަރުހަބާ ކިޔަން ބޭނުންވާ މީހުން މިހާރުވެސް ތިބޭ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަނގަޅު މީހުންނަށް ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ފެނި, މަރުހަބާ ކިޔަން ބޭނުންވާ މީހުން މިހާރުވެސް ތިބޭ-
އަހަރެމެންނަށް އެނގުނު ނަމަވެސް ނުއެނގި ނަމަވެސް މަލާއިކަތް ބޭކަލުން ވަޑައިގެން ފުރާނަ ހިއްޕެވުމުގެ ވާހަކައަކީ އާދައިގެ ވާހަކަތަކެއް ނޫނެވެ.

ނުބައިކޮށް އަމަލުތައް ބެހެއްޓި މީހުންގެ ފުރާނަ ހަށިގަނޑުން ނުނުކުންނަން ވެގެން ގަދަ ދައްކާވާހަކަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ އެވަގުތުން ފެށިގެން ލިބެމުންދާނެ އަނިޔާތައް ރަނގަޅަށް އެނގޭތީއެވެ. ކުރިމަތިލާންޖެހޭނެ މުޞީބާތްތައް އެނގޭތީއެވެ.

ހަމަ އެއާއިއެކު ފުރާނަ ހިއްޕަވަން މަލާއިކަތް ބޭކަލުން ވަޑައިގަތުމުން ލޮލަށް ފެނިގެން މަރުހަބާ ކިޔަން ތައްޔާރުވާ މީހުންވެސް އެބަތިއްބެވެ.

އަޅުގަނޑުގެ ކާފައަކީ އެފަދަ ބޭކަލެކެވެ. ބަލިހާލުގައި އޮންނެވުމަށްފަހު ވިދާޅުވީ ހަށިގަނޑު ތެދުކޮށްލުުމަށެވެ. ތެދުކޮށްލުމުން ވިދާޅުވީ ފެންފޮދެއް އެރުވުމަށެވެ. ފެން ފޮދު އެރުމުން ވިދާޅުވީ އަވަހަށް ކޮޓަރި ތެރެ ކުނިކަހާ ފޮޅައި ތަރުތީބު ކޮށްލުމަށެވެ. އެއަށްފަހު ވިދާޅުވީ "ބޭރުގައި އެތިބަ ރީތި މެހްމާނުން ގާތު އަވަހަށް ވަންނަން ބުނުމަށެވެ. އެމީހުން ނުވަދެ އެތިބެނީ ކީއްވެގެން ހެއްޔެވެ؟" މިފަދަ ބަސްފުޅުތަކެކެވެ.

މިފަދައިން އެތައް ބައަކަށް ފެނެއެވެ. އެކަމުގެ މައުލޫމާތުވެސް ލިބެއެވެ. މިފަދަ އެއްވެސް މައުލޫމާތެއްގެ މައްޗަށް ބުރަވެ ގޮތްތައް އަމިއްލައަށް ކަނޑައެޅުމެއް ނެތެވެ. މަރުވުމަށްފަހު ގައި ކަންތައްތައް އެމީހަކާއިމެދު ވެގެންދާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން