2020 ގެ ފިރިހެނުންގެ ފަޓުލޫނާ އަންހެނުންގެ ހެދުން އޮންނާނީ ފުރަގަހުގަ އެލިފަ - މީހާ ހުންނާނީ ނިވާކަމެއް ނެތި: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
2020 ގެ ފިރިހެނުންގެ ފަޓުލޫނާ އަންހެނުންގެ ހެދުން އޮންނާނީ ފުރަގަހުގަ އެލިފަ - މީހާ ހުންނާނީ ނިވާކަމެއް ނެތި: މުފްތީ މެންކް
މިހާރު ހެދުން އަޅަމުން މިދާ ގޮތާއި ފެޝަންތަކަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު 2020 ގައި ފިރިހެނުންގެ ފަޓުލޫނާއި އަންހެނުންގެ ހެދުން އޮންނާނީ ފުރަގަހުގައި އެލިފައެވެ. މީހާ ހުންނާނީ ނިވާކަމެއް ނެތިއެވެ.

ހެދުމެވެ ބުނެފި ނަމަ އަބަދުވެސް ފިރިހެނުންނަށް ހީވެފައި އޮންނަނީ އެދައްކަނީ އަންހެނުންގެ ވާހަކަ ކަމަށެވެ. ނޫނެކެވެ. އެއީ އެގޮތަށް ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. ފިރިހެނުންނަށްވެސް އައުރަ އޮތީ ކަނޑައެޅިފައެވެ. މާތް ﷲ ކަނޑައަޅުއްވަވާފައިވާ އައުރައަށް ހަމަ އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

ފަޓުލޫނުގެ ފައިކުރިން ތަންކޮޅެއް ކުރުކުރަން ބުނީމާ ކުރުކުރަމުން ގޮސް ކަކުލާއި ކަކޫވަޅު ފެންނަވަރަށް ކުރުކޮށްފިއެވެ. ޢާންމު ދިރިއުޅުމުގައި ލާ ސޯޓު ކުރުވަމުން އައިސް ކުޑަކުދިންލާ ކުދި ސޯޓުކޮޅާއި އެއްވަރުވެއްޖެއެވެ. ކޮނޑުކެނޑިލައި މޭމަތި ދައްކައިގެން އުޅުން ޢާންމުވެއްޖެއެވެ.

މީސްތަކުންނޭވެ. މާތް ﷲ އައުރަ ކަނޑައަޅުއްވަވާފައިވަނީ ވަކި ޖިންސަކަށް ނޫނެވެ. ހަމަ އެންމެންނަށެވެ.

އަންހެނުންގެ ހެދުމަށްބަލާއިރު ބުނެވެން އޮތީ ބައެއް އަންހެނުން މިހާރު ހެދުންލާ ގޮތާއި ނުލުމާއި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. ހެދުން ލަނީ ހަށިގަނޑުގެ ވަކި ސަރަހައްދެއް ފޮރުވުމަށެވެ. ވަކި ވަނާތަކެއް ހާމަ ނުކުރުމަށެވެ. އެކަންކަން ފުރިހަމަ ނުވާ ގޮތަށް ހެދުން ލުމުގެ މާނައަކީ ކޮބައިބާވައެވެ!

އަންހެން ވެރިން ބޫޓަށް އަރަމުން ގޮސް މިހާރު އަރާ ހީލްސްއަށް އެރިމާ އޮންނަނީ ކުރިމައްޗަށް އަރިވެފައެވެ. ހީވަނީ ދެންމެ ދެންމެ ބަނޑުން ވެއްޓެން އުޅޭ ހެންނެވެ. އަދި އެންމެ މޮޅު މީހާއަށް ވުމަށްޓަކައި ހީލްސްގެ ކަށި ދިގު ކުރަމުންގޮސް އެއިން ސަލާމަތްނުވެގެން އަރިއަޅާލާތަން އެބަފެނެއެވެ.

ބިންމަތީގައި ހިނގަނީ ޓަކްޓަކް ލައްވަމުންނެވެ. އެތައް ހިސާބު ދުރަށް ޓަކްޓަކްގެ އަޑު ހުރެއެވެ. އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ ބިންގަނޑަށް ކަށި ހަރަމުންނެވެ. ބިންގަޑަށް އަނިޔާކުރަމުންނެވެ. މަރުވީމާ ވަޅުލެވޭނީ އެބިން ކޮނެފައިކަންވެސް ހަނދާނެއް ނުހުރެއެވެ.

ލޮބެވެތި މުސްލިމުންނޭވެ. މިހިރަ ފެންނަނީ ދުނިޔެ ނިމުމަކަށް އަންނަ ކަމުގެ ނިޝާންތަކެވެ. ފަހުޒަމާނުގެ ޢަލާމާތްތަކެވެ. ރައްކައުތެރިކަން ލިބޭނީ ބިރުވެތިވި މީހަކަށެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން