ރަސޫލާ (صلی اللہ علیہ وسلم) އަށް އީމާން ނުވެ ފުރައްސާރަކުރަން ބޮނޑެއް ހިފައިގެން ދިއަ މީހާއަށް ޖެހުނު ހާލުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރަސޫލާ (صلی اللہ علیہ وسلم) އަށް އީމާން ނުވެ ފުރައްސާރަކުރަން ބޮނޑެއް ހިފައިގެން ދިއަ މީހާއަށް ޖެހުނު ހާލުގެ ވާހަކަ
ކައު އިތުރު ރަސޫލާ މުޙައްމަދު (صلی اللہ علیہ وسلم) އަށް އީމާންނުވުމަށް ކާފަރުން ދިއައީ ގަދަކަން ދައްކަމުންނެވެ. އިތުރު މާތް ﷲ ގެ ނަބިއްޔާގެ އަރިއަހުން ބޮޑެތި މުޢުޖިޒާތްތައް ފައުޅުވެ ފެނުމުން ވެސް މެއެވެ.

އެއްދުވަހަކު މީހަކު ސަހަރާގައި އުޅޭ ބޮނޑެއް ފަދަ އެއްޗެއް ހިފައިގެން އިތުރު މާތް ނަބިއްޔާގެ އަރިއަހަށް ދިއައެވެ. ގޮސް ދެންނެވިއެވެ. "މާތް ﷲ ފޮނުއްވަވައިގެން އުޅުއްވާ ރަސޫލު ބޭކަލަކީ ތިއައީ ހެއްޔެވެ؟" ޖަވާބުގައި ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކަލޭ ޤަބޫލު ނުކުރާނަންތޯ ސުވާލުކުރެއްވިއެވެ.

ޖަވާބުގައި އޭނާ ދެންނެވިއެވެ. "މި ބޮނޑު ތިއަކަން ޤަބޫލުކުރުމާއި ހަމައަށް ތިމަންނާ ޤަބޫލެއް ނުކުރާނަމެވެ."

އެހިނދު ބޮނޑަށް ނިޞްބަތް ކުރައްވައި ބޮނޑު ބުނަނީ ކީކޭތޯ ބޮނޑާއި އިތުރު މާތް ނަބިއްޔާ ސުވާލުކުރެއްވެވިއެވެ. ހަމަ ސުވާލުކުރެއްވެވުމާއިއެކު ބޮނޑު ޝަހާދަތުގެ ދެކަލިމަ ކިޔައި ކައު އިތުރު ރަސުލާ (صلی اللہ علیہ وسلم)ގެ ރަސޫލުކަމަށް ހެކިވިއެވެ.

މިއީ ވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (صلی اللہ علیہ وسلم) ގެ އެތައް ހާސް މުޢްޖިޒާތްތަކުގެ ތެރެއިން އެއް މުޢްޖިޒާތެވެ. ބޮނޑަށް ޖަވާބު އެދެވުނީ އެކަންކުރުމުގެ ކުޅަދާނަކަން މާތް ﷲ އެ ބޮނޑަށް ދެއްވެވުމުންނެވެ. އިތުރު މާތް ނަބިއްޔާ ބޮނޑާއި އެ ސުވާލު ކުރެއްވެވީ އިލާހީ އިލްހާމް ލިބިވަޑައިގަތުމުންނެވެ.

މިފަދަ އެތައް ހާސް ކަންކަމެއް އިތުރު އެކަލޭގެފާނުގެ ސިޔަރަތުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެހެންކަމާއިއެކުވެސް މީސްތަކުންނަށް މިއުޅެނީ އެކަންކަން ބަލައި ނުގަނެވިގެންނެވެ. މާތް ﷲ އާއި މާތް ﷲ ގެ ރަސޫލާއަށް އީމާން ނުވެވިގެންނެވެ. ވީއިރު ޖާހިލުކަން ބޮޑީ ބޮނޑު ހިފައިގެން އިތުރު މާތް ނަބިއްޔާގެ އަރިއަހަށް ދިއަ މީހާ ހެއްޔެވެ؟ އަހަރެމެން ހެއްޔެވެ؟

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން