މާތް ﷲ އެންގެވި ގޮތުގައި ހިފާ ކޮންމެ ރޯދައަކީ އެމީހަކާއި ނަރަކައާއި ދެމެދުގައި ލެވޭ 70 އަހަރުގެ ދުރުމިނެކެވެ. އެހެން ޙަދީޘްފުޅެއްގައިވަނީ ރޯދައެއް ހިފައިފިނަމަ އެމީހަކާއި ނަރަކައާއި ދެމެދުގައި 70 ވަޅުގަނޑު ކޮނެވޭނެ ކަމަށާއި އެއިން ވަޅުގަނޑެއްގެ ފުޅައު މިނުގައި އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިން ހުންނާނެ ކަމަށެވެ.
މިބަހުގެ މާނައަކީ ރަމަޟާން މަހުގެ 30 ރޯދަ، މާތް ﷲ އެންގެވި ގޮތުގައި ހިފައި ނިމޭއިރު އުޑާއި ބިމާއި ދެމެދުގައިވާ ރާސްތާގެ 2100 ގުނަ ތިބާ އާއި ނަރަކަ އާއި ދެމެދުގައި ވުމެވެ. ކޮންމެ ދުވަހަކު 70 ރާސްތާގެ ދުރުމިން ލިބެމުން ގޮހެވެ.
ރޯދައަކީ ނަރަކައިން ސަލާމަތް ކޮށްދެއްވަވާނެ އައްޑަނައެއް ކަމަށްވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. މި ބަސްފުޅުގެ މާނައަކީ ރޯދައަކީ ތިބާ އާއި ނަރަކަ އާއިދެމެދު ލެވޭ ފާރެއް ނުވަތަ ހުރަހެއް ކަމެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -