ޚަބަރުގައިވާ ފޮޓޯގައި އެވަނީ ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި އެއްފައި ކަނޑާލަން ޖެހިފައިވާ ފަލަސްޠީނުގެ ނޫސްވެރިއެކެވެ. އެ ހާލުގައިވެސް އޭނާ ބޭނުންވަނީ މަސައްކަތާއިގެން ކުރިއަށް ދިއުމަށެވެ.
ޔަހޫދީ ސިފައިން ދެމުން ގެންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކުހެން ދަނީ ފަލަސްޠީނުގެ އެތައް ބައިވަރު ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ލިބެމުންނެވެ. އެތައް ބައަކު މަރުވަމުންނެވެ.
އެހެންކަމާއިއެކުވެސް ފަލަސްޠީނުގެ ރައްޔިތުންގެ އަޒުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ފަލަސްޠީނުގެ ރައްޔިތުން ދެކެ ޔަހޫދީން އެހައި ބޮޑަށް ޖަހިލުންވާ ސަބަބަކީވެސް އެއީ ކަމަށް ވެދާނެއެވެ.