ފުލުހުން ބުނީ ޖަމާއަތުގައި ފަތިސް ނަމާދު ކުރަމުން ދަނިކޮށް ހަމަލާދިނީ މިސްކިތަށް ވަން އަންހެނަކާއި ފިރިހެނަކު ކަމަށެވެ. "އެދެމީހުންއެކުގައި މިސްކިތަށް ވަނުމަށްފަހު ހަށިގަނޑުގައި ހަރުކޮށްފައި ހުރި ބޮން ގޮއްވައިލީ."
މިހަމަލާ ދީފައިވަނީ ބޮރނޯ ސްޓޭޓްގެ ބަމަ އަވަށުގައެވެ. އެއަވަށުގައި ބޯކޯ ހަރަމުން ދެމުން އައި ހަމަލާތައް ގިނަވެ އެ އަވަށް ދޫކޮށް ދިޔަ މީހުން ބޮކޯ ހަރަމުގެ ހަމަލާތަކުން އަވަށް ސަލާމަތްވީކަމަށް ބަލައި މީގެ ދެ ހަފްތާ ކުރިން ވަނީ އަވަށަށް އެނބުރި އަންނަން ފަށައިފައެވެ.