ބައެއް ފަހަރު ކުޑަކުދިން އެބަ ވާހަކަ ދައްކައެވެ. އެއީ އެކުދިންނަށް އަދި ކަންތައްތައް ނުއެނގޭތީއެވެ. ގޮވައިގެން ގޮސް އިންނަ ބައްޕަ ނުވަތަ އެނޫންވެސް މީހަކާއި ސުވާލުތައްވެސް ކުރެއެވެ. އެކުދިންނަށްވެސް ޖަވާބުދީ ވާހަކަ ދެއްކުމެއް ނެތެވެ. ކަންކަން ޙައްލުކުރަން މަސައްކަތްކުރަން ޖެހޭނީ ވާހަކަ ނުދައްކައެވެ.
އިމާމް މީހާ ޚުޠުބާ ކިޔަން ފެށުމުން ފޯނާއި ކުޅެ ފޯނަށް ބަލައި ހެދުމެއްވެސް ނެތެވެ. އެކަންކަމަކީ ވެސް ޚުޠުބާ އާއި މީހާ އާއި ދުރުކުރުކުރުވާނެ ކަންކަމެވެ. ޚުޠުބާއަށް ދޭންޖެހޭ ސަމާލުކަން ކުޑަވާނެ ކަމެކެވެ.
މިކަންކަމަށް ސަމާލުކަން ދިނުން އިތުރުކުރަން ޖެހެއެވެ. ހުކުރުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަތުމަށެވެ.
- ޝައިޚް މުޙައްމަދު ނަޝީދު އާދަމްގެ ދަރުސަކުން -