ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް ދެމިހުންނާނީ ހައްޤު ބަސް ބުނުންމަތީގަ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް ދެމިހުންނާނީ ހައްޤު ބަސް ބުނުންމަތީގަ: ޝައިޚް ޢަލީ ޒައިދު

ދެއްވާ ދީނީ ފަތުވާ އާއި ގުޅިގެން ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް ދެމިހުންނަވާނީ ހައްޤު ބަސް ވިދާޅުވުންމަތީގައި ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.


ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިމިވަނީ ޤައުމުގައި ހިންގާ މުންކަރާތްތަކާއިމެދު ކަންބޮޑުވުން ހާމަކުރައްވާ ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ތަފާތު ބަސްތައް ބުނަމުން ގެންދާ ވަގުތެއްގައެވެ.

މިފަދަ މައްސަލަތަކާއިހުރެ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަދު ބޭފުޅަކު ނޫނީ މިހާރު ބަސްފުޅުވިދާޅުވާތަނެއް ނުފެނެއެވެ. ޝައިޚް ޢަލީ ޒައިދު ހިމެނިވަޑައިގަންނަވަނީ އިސްލާމް ދީނުގެ އަދާވާތްެތެރިންނަށް ޖެހިލުންވެވަޑައި ނުގެން ބަސްފުޅު ވިދާޅުވެ ދީނުގެ ޙުކުމްތައް އަންގަވައިދެއްވަމުން ގެންދަވާ ޢިލްމުވެރިންގެ ތެރޭގައެވެ.

މިދުވަސްވަރު މިފަދަ މައްސަލަތައް ބޮޑުވެގެން އުޅެނީ މުންކަރާތެއް ހިނގުމުން މަނާކޮށްފިނަމަ ނުވަތުގެ އެކަމުގެ ދީނީ ޙުކުމް ބަޔާންކޮށްފިނަމަ އެއީ ސަރުކާރަށް ފާޑުކިޔުން ކަމަށް ދެކޭ މީހުންގެ އަދަދު އިތުރުވުމުންކަން ފާހަަގަކުރެވެއެވެ.



މިއަދު އޮންލައިން