ކުުރެވުނު ފާފަތަކަށް ހިތާމަކޮށް ހެޔޮ އަމަލުކުރަން ފަށައިފިނަމަ ހާމަވަނީ އީމާންކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކުުރެވުނު ފާފަތަކަށް ހިތާމަކޮށް ހެޔޮ އަމަލުކުރަން ފަށައިފިނަމަ ހާމަވަނީ އީމާންކަން
ފާފައެއް ނުވަތަ ފާފަތަކެއް ކުރެވިފައިވުމަކީ ތައުބާވާން ލަދުގަންނަން ޖެހެންވީ ސަބަބެއް ނޫނެވެ. ލަދުގަންނަންވީ ތައުބާނުވެ ފާފަކުރުންމަތީގައި ދެމިހުރުމަށެވެ. އެހެނީ ކުރެވުނު ފާފަތަކަށް ހިތާމަކޮށް ހެޔޮ އަމަލުކުރަން ފަށައިފިނަމަ ހާމަވަނީ އެމީހެއްގެ ކިބައިގައި އީމާންކަން ހުރިކަމެވެ.

ހަމަ އެއާއިއެކު ހާމަވެގެންދަނީ ރަނގަޅަށް ނުވިސްނި ހުރެ ކުށްތަކެއް ކުރެވުނު ނަމަވެސް އެކަން އިޙްޞާޞްކުރެވުމުން ހައްޤު މަގަށް ރުޖޫޢަވުމުގެ ހިތްވަރު ހުރިކަމެވެ. އެންމެ މަތިވެރި ހިތްވަރަކީ އެއީއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފާފަތަކެއް ނުވަތަ ފާފައެއް ކުރެވިއްޖެނަމަ އެމީހަކަށް ސަލާމަތްކަމެއް ނެތް ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.

ތައުބާގެ ދޮރު ބަންދުވަނީ އެންމެ ފަހުވަގުތުއެވެ. އެވަގުތު ޖެހުމުގެ ކުރިން ތައުބާވުމުގެ ފުރުޞަތު މާތްﷲ ވަނީ ހުޅުވައިލަ ދެއްވައިފައެވެ. އެހެންކަމުން މަސައްކަތްކުރަންވީ އެ ފުރުޞަތުގެ ބޭނުން އަވަހަށް ހިފުމަށެވެ.
މިއަދު އޮންލައިން