ރައީސް އޮފީސް ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ހޭނެތިއްޖެ

ކިޔުމަށް ހޭދަވާނީ 32ސ
ރައީސް އޮފީސް ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ހޭނެތިއްޖެ
ރައީސް އޮފީސް ކުރިމަތިން މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ހޭނެތިގެން ވެއްޓިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 23:23 ހާއިރުއެވެ.

މިއެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވާއިރު، އެދެމީހުންނަށް ވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

އެދެމީހުންނަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލު ފުލުހުން އަދި ހާމަ ކޮށްފައި ނެތް ނަމަވެސް، މަންޒަރު ދުށް މީހަކު ބުނެފައިވަނީ އެކްސިޑެންޓު ވެގެން އޭގެން އެކަކު ފުލުހުންގެ ޖިޕަށް އެރުވިއިރު ވެސް ހޭނެތިފައިވާ ކަމަށެވެ.
މިއަދު އޮންލައިން