ދަރިން އަލިފާނާ ދިމާއަށް ކޮށްޕަމުން ގެންދަނީ މާތްﷲއަށް ބިރުވެތި ނުވާތީ: ޝައިޚް ޖަޢްފަރު ފާއިޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދަރިން އަލިފާނާ ދިމާއަށް ކޮށްޕަމުން ގެންދަނީ މާތްﷲއަށް ބިރުވެތި ނުވާތީ: ޝައިޚް ޖަޢްފަރު ފާއިޒް
ދަރިން ލިބުމުން މައިންބަފައިންގެ އެންމެ ބޮޑު ޒިންމާއަކީ އެދަރިން އަލިފާނުން (ނަރަކައިން) ސަލާމަތްކުރަން މަސައްކަތްކުރުން ކަމަށާއި ނަމަވެސް އެ މަސައްކަތް އެގޮތަށް ކުރެވެމުން އަންނަތަން މިހާރު ފެންނަނީ ވަރަށް މަދުން ކަަމަށާއި ބަދަލުގައި ފެންނަނީ ދަރިންތައް އަލިފާނާއި ދިމާއަށް (ނަރަކައަށް) ކޮއްޕަމުން ގެންދާތަން ކަމަށް އައްޝައިޚް ޖަޢުފަރު ފާއިޒް ވިދާޅުވެއްޖެއެވެ.

ޝައިޚް ޖައުފަރު ވިދާޅުވީ ވިހެއުމަށްފަހު ދަރިން ހޮސްޕިޓަލަށް އެއްލާލާފައި ދިއުމާއި އެހެންތަންތަނަށް އެއްލައިލުމާއި އަދި ބައެއް ފަހަރު މެރުންވެސް އިތުރުވެފައިވާ ކަމަށާއި އެފަދަ ކަންކަން އެގޮތަށް ކުރަމުން އެގެންދަނީ މާތްﷲއަށް ބިރުވެތިނުވާތީ ކަމަށެވެ. އަދި ދަރިން އަލިފާނާއި ދިމާއަށް ކޮށްޕަމުން ގެންދަނީވެސް މާތްﷲއަށް ބިރުވެތިނުވާތީ ކަމަށެވެ.

"މާތްﷲ އަންގަވާފައިވަނީ ތިމާ އާއި ތިމާގެ އަނބިދަރިން އަލިފާނުން (ނަރަކައިން) ސަލާމަްކުރުމަށް. ނަމަވެސް މާތްﷲގެ އެ ބަސްފުޅަށް އެއްވެސް ސަމާލުކަމެއް ނުދޭތަން މިހާރު މިފެންނަނީ. އެހެންވީމާ މިގޮތަށް ކަންތައްތައްވަމުން މިދަނީ."

ޝައިޚް ޖައުފަރު ފާއިޒް ވިދާޅުވީ މައިންބަފައިންނަށް ޚިދުމަތްކުރަންޖެހޭނީ އެމީހުން ޚިދުމަތްކުރިތޯ ބަލައިގެނެއް ނޫން ކަމަށާއި މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ދަރިންގެ މައްޗަށް މާތްﷲ ލާޒިމުކުރައްވަވާފައިވާ ކަމެއް ކަމަށެވެ. އެމީހަކު ކުރަން އަންގަވާފައި އޮތް ކަމެއް އެމީހަކު ނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ ކަމަށެވެ.

(ދަރިން އަލިފާނާއި ދިމާއަށް ކޮޕަމުން ގެންދާކަމަށް ޝައިޚް ޖަޢުފަރު ވިދާޅުވެފައިވަނީ ދަރިންނަށް ދޭންޖެހޭ އިސްލާމީ ތައުލީމާއި ތަރުުބިއްޔަތު ނުދީ ދިނާއި ކުދިން ދުރުވާފަދަ ގޮތްގޮތަށް ކުދިން ތަރުބިއްޔަތުކުރަމުން ގެންދާ ވާހަކައެވެ.)
މިއަދު އޮންލައިން