އެކުގައި ތިބެ ކީރިތި ޤުރްއާން ދިރާސާ ކުރާނަމަ ޢާއިލީ މައްސަލަތަކުން ސަލާމަތްވެވޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
އެކުގައި ތިބެ ކީރިތި ޤުރްއާން ދިރާސާ ކުރާނަމަ ޢާއިލީ މައްސަލަތަކުން ސަލާމަތްވެވޭ
ކީރިތި ޤްރްއާން ޢާއިލާ ނުވަތަ ދެމަފިރިން އެކުގައި ތިބެގެން، ހިތްތައް ރަނގަޅަށް ހުޅުވާލައިގެން ތިބެ ދިރާސާ ކުރުން އާދަކޮށްބަލާށެވެ. އެކަންކުރަން ނިކަން ފަށައިބަލާށެވެ. ޢާއިލާގެތެރޭގައި ކިތަންމެ ގިނަ މައްސަލަތަކެއް އުފެދިފައި ހުރިނަމަވެސް އެހުރިހާ މައްސަލަތަކަކުން ސަލާމަތް ވެވޭނެއެވެ.

އެތައް ހާސް ޢާއިލާތަކަކުން ވަނީ މިކަންކަން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފައެވެ. އެކަމުގެ ފައިދާ ލިބިގެންފައެވެ.

މާތް ﷲ ކީރިތި ޤްރްއާން ބާވައިލެއްވެވީ އެފޮތަށް އަމަލުކުރަންޖެހުމުގައި އެންމެން ހަމަހަމަ ކުރެއްވެވުމަށެވެ. ހަމައެކަކުވެސް އިސްތިސްނާވުމެއް ނެތިއެވެ. އެކަން އެހެންވާންޖެހެނީ ކީއްވެގެން ހެއްޔެވެ؟

މީސްތަކުންނަށް އުޅެންވީ ރަނގަޅު ގޮތް ބުނެދޭނެ ފަރާތެއް ނެތިވެސް ޒަމާންތަކެއް ފާއިތުވެގެންދިއައެވެ. އެއްފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އެ ދުވަސްވަރުވެސް މީސްތަކުންގެތެރޭގައި ރަނގަޅު ހެޔޮލަފާ މީހުން އުޅުނެވެ. އެމީހުން ވަނީ ހެޔޮލަފާ ބަސްތައްވެސް ބުނެފައެވެ. މީސްތަކުންނަށް ރަނގަޅު ގޮތް ދައްކައިދޭން މަސައްކަތްވެސް ކޮށްފައެވެ.

މައްސަލައަކީ އެއިން ކޮންމެ މީހަކީވެސް ތަފާތު ވިސްނުމެއްގެ މީހަކަށްވުމުން ބުނެފައިވާ ބަސްތައް ވަރަށް ތަފާތެވެ. އެންމެ ރަނގަޅީ ކޮން ގޮތެއްކަން އެނގެން ދަތިތައް ވަނީ ކުރިމަތިވެފައެވެ. ކޮންމެ ބައަކުވެސް ބުނަނީ އެމީހާ ޤަބޫލުކުރާ ގޮތް އެއީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

މާތްﷲ ކީރިތި ޤްރްއާން ބާވައިލެއްވެވުމުން މި ބޮޑު މައްސަލައަށް މިވަނީ ހައްލެއް ހޯދިފައެވެ. އަމިއްލަ ވިސްނުމުން ނިންމައި މިވެނި ގޮތަކީ ތިމަންނައަށް އެންމެ ރަނގަޅު ގޮތް ކަަމަށް ބުނުމުގެ ފުރުޞަތު މިހާރު ހަމައެކަކަށް ވެސް ނެތެވެ. އެންމެންނަށްވެސް މިހާރު ބުނަންޖެހޭނީ އެންމެ ރަނގަޅު ގޮތަކީ ކީރިތި ޤްރްއާނުގައި އޮތް ގޮތް ކަމަށެވެ. އެ ގޮތް ތިމާވެސް ބަލައިގަންނަ ކަމަށެވެ.

ޖާހިލުކަމުން ކީރިތި ޤްރްއާން ބަަލައިނުގަތުމަކީ މުޅިން ތަފާތު މައްސަލައެކެވެ. އެފަދަ މީހުން ކީރިތި ޤްރްއާން ބަލައި ނުގަންނަނީ ކީރިތި ޤްރްއާނުގައި އެއްވެސް މައްސަލައެއް އޮވެގެނެއް ނޫނެވެ. ކީރިތި ޤްރްޢާނުގައި އެއްވެސް މައްސަލައެއް އޮތް ނަމަ އެމައްސަލައެއް ދައްކަންވީ ނޫންހެއްޔެވެ؟ ކީރިތި ޤްރްއާނުން މައްސަލައެއް ދެއްކުނީ ކާކަށް ހެއްޔެވެ؟ ނުވެސް ދެއްކޭނެއެވެ. އެއީ ވެސް ކީރިތި ޤްރްއާނާއި ގުޅިފައިވާ އިލާހީ މުއުޖިޒާތެކެވެ.

އެންމެ އުފާކުރަންޖެހޭ ކަމަކީ ކީރިތި ޤްރްއާނުން މއްސަލައެއް ޙޯދަން ނުވަތަ ކުށެއް ހޯދަން ދިރާސާކުރާ އެންމެންހެން އިސްލާމްވަމުން އަންނަކަމެވެ. ކަން މިހެން ހުރި ނަމަވެސް މައްސަލައަކީ ކީރިތި ޤްރްއާން ބަލައިގަނެގެން ތިބި މުސްލިމުންނަށް މިކަންކަން އެނގޭ މިންވަރުކުޑަވުމެވެ. ނުވަތަ ކީރިތި ޤްރްއާން ބަލައިގެނެވޭ ގޮތް ތަފާތުވުމެވެ.

އިސްލާމީ މުޖުތަމައުގައި ހަަމަނުޖެހުން އުފެދި ބައިބައިވަމުން ގޮސް ބޮޑެތި ހަނގުރާމަތައް މިއަދު އެކުރަނީ އެކަންކަން ބަލައި ނުގަނެވޭތީއެވެ. ވީއިރު ހަޤީޤީ ޖާހިލުންނަކީ ކޮބައިކަންވެސް މިހާރު މިވަނީ އޮޅޭ ހިސާބަށް ގޮސްފައެވެ.

މުސްލިމުންގެ މެދުގައި އުފެދިގެން މިއުޅޭ ހުރިހާ މައްސަލަތަކެއްގެ އަޞްލަކީވެސް ހަަމަ ކީރިތި ޤްރްޢާން ބަލައިގަނެވޭ ގޮތެވެ. ކީރިތި ޤްރްއާން އެއިގެ ހަޤީޤީ މާނައިގައި ބަލައިގެންފިނަމަ ހުރިހާ މައްސަލަތަކެއް ޙައްލުކުރެވޭނެއެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން