ރޯދައަށް ތައްޔާރުވުން :20 ރޯދައަށް ތިބާގެ ގެއަށް ފަހިކުރާ ކަންކަން މައިންބަފައިންނަށާ އާއިލާއަށް ވެސް ފަހިކޮށްދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ރޯދައަށް ތައްޔާރުވުން :20 ރޯދައަށް ތިބާގެ ގެއަށް ފަހިކުރާ ކަންކަން މައިންބަފައިންނަށާ އާއިލާއަށް ވެސް ފަހިކޮށްދީ!
ރޯދައަށް ތިބާގެ ގެއަށް ފަހިކުރާ ކަންކަން ތިބާގެ މައިންބަފައިންނަށާއި ފުދުންތެރިކަން ހުރިވަރަކުން އާއިލާއަށް ވެސް ފަހިކޮށްދިނުމަކީ ވަރަށް ހެޔޮކަން ބޮޑު ކަމެކެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ މައިން ބަަފައިންނާއި ވަކިން ދިރިއުޅޭ މީހާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އޭނާގެ އަމިއްލަ ގެއަށް ކަންކަން ފަހިކުރުމުގެކުރިން މައިންބަފައިންނަށް ކަންކަން ފަހިކޮށްދިނުން ކަމަށެވެ. އަދި ތަނަވަސްކަންހުރި މިންވަރަކުން ޢާއިލާގެ މީހުންނަށްވެސް ކަންކަން ފަހިކޮށްދިނުން ކަމަށެވެ.

އަމިއްލަ ގޭގައި ހުރި ތެލިތަށި އުކައިލަނީ ހަލާކުވެގެން ނުވަތަ ބައުވެގެނެއް ނޫނެވެ. އައުކޮށްލުމަށެވެ. މައިން ބަފައިން ކައްކައި އުޅެނީ އަދި ކާން ބޭނުންކުރަނީ ކޮން ހާލަތެއްގައި ހުރި ތަކެތިކަން ބަލައިލަމު ހެއްޔެވެ؟ އަމިއްލަ ގޭގައި ހުރި ބޭނުންކުރެވޭ ތަކެތި އުކައިލާއިރު އެފަދަ އެއްޗަކަށް ބޭނުންވެގެން ހުރި މީހަކު ޢާއިލާގައި ހުރިތޯ ބަލައިލަމު ހެއްޔެވެ؟

ރޯދައާއި ގުޅިފައިވަނީ ހަމައެކަނި ރޯދަ ހިފުމެއް ނޫނެވެ. ރޯދައާއި ގުޅިގެން ތިމާކުރާ ކަންތައްތައް މާތްﷲ އެންގެވި ގޮތުގައި ކުރުމަކީ ވެސް ހާދަ ގިނަ ސަވާބުލިބޭނެ ކަމެކެވެ. ނަމަވެސް އެކަންކަމަށް ވިސްނާ މީހުން ހާދަ މަދެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން