ްރަމަޟާން މަސް އައުމުގެ ކުރިން، ތިބާ އެހެން މީހުންނަށް ހެޔޮވުމަކީ ޒަރޫރީ ކަމެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ްރަމަޟާން މަސް އައުމުގެ ކުރިން، ތިބާ އެހެން މީހުންނަށް ހެޔޮވުމަކީ ޒަރޫރީ ކަމެއް: ޝައިޚް ޢަލީ ޒައިދު
"ރަމަޟާން މަސް އައުމުގެ ކުރިން، ތިބާ އެހެން މީހުންނަށް ހެޔޮވުމަކީ ޒަރޫރީ ކަމެއް ކަމުގައި ދެކެމެވެ. ފަހެ ރަމަޟާން މަހު، ﷲ ތަޢާލާ ވެސް އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވަވާ ކަމަށްވެއެވެ." މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.

ޝައިޚް ޢަލީ ޒައިދުގެ މިޓްވީޓަށް ބަލާއިރު ބެލެވެނީ ބޭނުންފުޅަކީ ޖަލުތަކުގައި އަނިޔާ ލިބެމުންދާ މީހުން، ރަމަޟާން މަސް އައުމުގެ ކުރިން އެހާލަތުން ސަލާމަތްކޮށްދިނުން އެދިވަޑައިގެން ވިދާޅުވެފައިވާ ބަސްފުޅެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް މިހާރު ކުރިއަށް ގެންދާ ގޮތަށް ބަލާއިރު ލަފާކުރެވެނީ ރަމަޟާން މަސް އައުމުގެ ކުރިން، އެސްއޯގެ ދަށުން ބަންދުކުރި އެންމެންނަށް ޙުކުމް އިއްވާނެ ކަމަށެވެ.
ވަކީލުންނަށް ތައްޔާރުވެލުމުގެ ފުރުޞަތުވެސް އެކަށީގެންވާ ގޮތަކަށް ނުލިބޭ ގޮތަށް ބާރު ސްޕީޑްގައި މައްސަލަތައް ކުރިއަށް ގެންދާތީ ވަކީލުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.



މިއަދު އޮންލައިން