ނަމާދު ޤަޞްދުގަ އަޅާ މީހުންނަށް އޮތީ ޤަތުލުކުރުން- ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ނަމާދު ޤަޞްދުގަ އަޅާ މީހުންނަށް އޮތީ ޤަތުލުކުރުން- ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު

ނަމާދު ޤަޞްދުގައި އަޅާ މީހުންނަށް އިސްލާމް ދީނުގައި އޮތީ ޤަތުލުކުރުމެވެ. އެ އަދަބު އައިސްފައިވަނީ އެއީ ކުފުރުގެ އަމަލަކަށްވާތީއެވެ.

މީސްތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ނަމާދުކުރުމަށެވެ. އެހެނީ ޤިޔާމަތް ދުވަހުގެ ސަލާމަތްކަން ލިބުން އޮތީ ނަމާދުކުރުމުން ކަމަށްވާތީއެވެ. އެންމެ ފުރަތަމަ ސުވާލުކުރައްވަވާނީ ނަމާދާއިމެދުގައެވެ. ކޮށްފައި ދެން ހުރި އަމަލުތައް ކިތަންމެ ގިނަ ނަމަވެސް ނަމާދުކުރުމުން ފެއިލްވެފައިވާނަމަ އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

ބޮޑެތި އަދަދުތަކުން ޞަދަޤާތްކޮށް ހެޔޮ އަމަލުތައް ކުރާ ގިނަ ބައަކު އުޅެއެވެ. ނަމަވެސް އެފަދަ ބައެއް މީހުން ނަމާދެއް ނުކުރެއެވެ. އެހެންކަމަށްވާނަމަ އެމީހާއަށް ޤިޔާމަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
ހަމައެއާއިއެކު އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައިވާ ބައަކު ލައްވައި ނަމާދުކުރުވުމަކީ ވެސް އެމީހެއްގެ ޒިންމާއެކެވެ. އެއީ ތިމާ އާއި ބެހޭ ކަމެއް ކަމަށް ނުހަދައި ދޫޚޮށެއް ނުލެވޭނެއެވެ. އެއީ މާތްﷲ ކޮންމެ މީހަކާއިވެސް ހަވާލު ކުރައްވަވާފައިވާ ޒިންމާއެކެވެ.

(އަލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގައި މިސްކިތަށް އަރާ މީހުން ބައްލަވައި ނުއަރާ މީހުންނަށް އަދަބު ދެއްވީ އެއީ ވެރިކަމުގައި ހުރި މީހެއްގެ ޒިންމާއެއް ކަމަށްވާތީއެވެ.)
ނަމާދަކީ މާތްﷲ މީސްތަކުންނާއި ޙަވާލުކުރައްވަވާފައިވާ އަމަނާތެކެވެ. އެ އަމާނާތައް ފަރުވާކުޑަކޮށްގެން ނޫނީ ޚިޔާނާތްތެރިވެގެން ސަލާމަތެއް ނުވެވޭނެއެވެ.


-- އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދުގެ ދަރުސަކުން
މިއަދު އޮންލައިން