ގިނަގިނައިން ޙަރާމް ބުއިންތައް ބޮއިބަލަ- ޤިޔާމަތް ދުވަހު ނަރަކައިގަ ތިބޭނީ ޖަމަލު ފެންބޯހެން ޙޫނުގަދަ ބުއިން ބޮއިބޮއި- ޝައިޚް ޖައުފަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގިނަގިނައިން ޙަރާމް ބުއިންތައް ބޮއިބަލަ- ޤިޔާމަތް ދުވަހު ނަރަކައިގަ ތިބޭނީ ޖަމަލު ފެންބޯހެން ޙޫނުގަދަ ބުއިން ބޮއިބޮއި- ޝައިޚް ޖައުފަރު

މީސްތަކުން މިހާރަކަށް އައިސް ތަފާތު ނަންނަމުގައި އެމީހާގެ ހަށިގަނޑަށް ގެއްލުން ލިބޭ ބުއިންތައް ބޮއި އުޅެއެވެ. މާތްﷲ ޙަރާމް ކުރެއްވެވި ބުއިންތައް ބޮއި އުޅެއެވެ. ބޮމުން އެމީހުން ބުނަނީ މި ބުއިންތައް މިބޮނީ އެނަރޖީ ލިބިގަތުމަށް ކަމަށެވެ. ހަކަތަ ލިބިގަތުމަށް ކަމަށެވެ. "އެންޖޯއި" ކޮށްލުމށް ކަަމަށެވެ.
ގިނަގިނައިން އެފަދަ ބުއިންތައް ބޮއި އުޅެބަލާށެވެ. ޤިޔާމަތް ދުވަހު ނަރަކައިގައ ތިބޭނީ ޖަމަލު ފެންބޯހެން ހުނުގަދަ ބުއިންތައް ބޮއިބޮއި އެވެ. ބޯވަރަކަށް ގޮހޮރު ދާނީ ފޫއަޅަމުންނެވެ. ނަރަކައިގެ އަލިފާނުން ދާނީ އިތުރަށް އެނަރޖީ ލިބެމުންނެވެ.

މާތްﷲ ޙަރާމް ކުރެއްވެވި ތަކެތީގެ ނަންތައް ބަދަލުކޮށްގެން އެއީ ހަލާލުތަކެތި ކަަމަށް ހަދައިގެން ބޮއި އުޅޭ ބައަކު ފަހު ޒަމާނުގައި އުޅޭނެކަން ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. މިއަދު މިފެންނަނީ އެފަދަ ކަންކަން ހިނގަމުންދާތަނެވެ.

ބަނގުރަލާއި އެފަދަ ބުއިންތައް ބުއިންތައް މާތްﷲ ވަނީ ޙަރާމްކުރައްވަވައިފައެވެ. އެއިގެ މަދު މިންވަރެއް ނަމަވެސް މެއެވެ. ހަަމައެއާއިއެކު އެއެއްޗެއް ބުއިމުން އެމީހެއްގެ ޞިއްހަތަށް ގެއްލުން ލިބޭނެ ތަކެތި ބުއިމަކީވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

އާޚިރަތް ދުވަހު ސަލާމަތްކަމެއް ލިބޭނީ މިކަންކަމަށް ވިސްނައި މާތްﷲ ޙަރާމް ކުރެއްވެވި ތަކެތި ބުއިމުން ސަލާމަތްވެގެންހުރި މީހަކަށެވެ. "އެންޖޯއި" ކުރާނީ މިއަދުތޯ ނޫނީ އާޚިރަތް ދުވަހުތޯ ގޮތެއް ނިންމުމުގެ އިޚްތިޔާރު މާތްﷲ ވަނީ މީސްތަކުންނަށް ދެއްވަވައިފައެވެ.

-- އައްޝައިޚް ޖައުފަރު ފާއިޒްގެ ދަރުސަކުން
މިއަދު އޮންލައިން